ދުނިޔެ

ގަދަކަމުން ރާބޯންދީ, ފިރިހެން ދަރިފުޅު ކުރިމަތީގައި ކެރަލާ އަންހެނަކު ރޭޕް ކޮށްފި!

ދެން އެމްވީ ، ދެން އޮންލައިން

ރޭޕްގެ ގިނަ މައްސަލަތަކެއް އަބަދުވެސް ހާމަވަމުން އަންނަ އިންޑިއާގައި، އަނެއްކާވެސް އެފަދަ ކަމެއް ފެންމަތިވެއްޖެއެވެ.

Ads by Sosun Fihaara

ކެރަލާގެ ފިރިހެނަކު، އޭނާގެ ހަތަރު ރަށްޓެހިންނާއި ބައިވެރިވެގެން، އޭނަަގެ އަނބިމީހާއަށް ގަދަކަމުން ރާބޯންދީ ރޭޕް ކުރީ އެމީހުންގެ ފަސް އަހަރުގެ ފިރިހެން ދަރިފުޅުގެ ކުރިމަތީގައެވެ.

މިމައްސަލައިގައި އަންހެންމީހާގެ ފިރިމީހާއާއި އޭނާގެ އެހަތަރު އެކުވެރިން މިދިޔަ ހުކުރު ދުވަހު ވަނީ ހައްޔަރު ކޮށްފައެވެ.

ރިޕޯޓުތަކުން ބުނާގޮތުގައި ކުޑަ ފިރިހެން ކުއްޖާއަށް އޭނާގެ ބައްޕަ ވަނީ ވަރަށް އަނިޔާވެސް ކޮށްފައެވެ.

ފުލުހުންނަށް މައުލޫމާތު ދެމުން އެއަންހެންމީހާ ބުނެފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ހަވީރު އޭނަގެ ފިރިމީހާ އޭނާއާއި އެމީހުންގެ ކުޑަ ދެކުދިން ގޮވައިގެން ޕުތުކުރިޗީ ކައިރީގައި ހުރި ބީޗަކަށް ދިޔަ ކަމަށާއި ފަހުން އަންހެން މީހާއާއި ކުދިން ގޮވައިގެން ފިރިހެންމީހާގެ ރަށްޓެއްސެއްގެ ގެއަށް ގޮސް ގަދަކަމުން ރާބޯންދީ އެމީހުންގެ ދޮށީ ދަރިފުޅު ކުރިމަތީގައި ރޭޕް ކުރި ކަމަށެވެ.

"މަސްތުގެހާލުގައި ހުއްޓާ އަންހެންމީހާ މަގެއްގެ މަތިން ފެނިގެން، ސަލާމަތް ކޮށްފައިވަނީ އެވަގުތު އެމަގުން ކާރެއްގައި ދަތުރުކުރި ފިރިހެނަކަށް. އެމީހާ އޭނާ ސަލާމަތުން ގެއަށް ގެންގޮސް، ފުލުހުންނަށް އެންގީ" ފުލުހުންގެ އޮފިސަރަކު ބުނެފައިވެއެވެ.

އަންހެންމީހާ ސަލާމަތްކުރި މީހާ ފަހުން ޓީވީ ޗެނަލްތަކަށް މައުލޫމާތުދެމުން ބުނެފައިވަނީ، އޭނާއަށް އަންހެންމީހާ ފެނުންއިރު އަންހެންމީހާ ހުރީ ރޯން ކަމަށާއި އެކިވަރުގެ ޒަޚަމްތައް އޭނާއަށް ލިބިފައިވާއިރު މަދަދަށް އެދި އާދޭސްވެސް ކުރި ކަމަށެވެ.

އަންހެންމީހާގެ ގައިގާ އެފިރިހެނުންތައް ސިނގިރޭޓުބުރި ޖެއްސިކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!