Friday, 30 October 2026
Advertisement
MWSC — SmartMeter (leaderboard)
ދުނިޔެ

އިންޑިއާ ގައި ކޮވިޑް ޖެހޭ މީހުން އެނދުމަތި ކުރުމުގައިވެސް ކޮރަޕްޝަން

އިންޑިއާ ގެ ޕްރައިވެޓު ހޮސްޕިޓަލު ތަކުން ބައެއް ބަލި މީހުނަށް ޖާގަ ދިނުމަށް ދެކޮޅު ހަދައި ކޮރަޕްޝަން މެދުވެރިކޮށް ބްލެކް މާކެޓުގައި އެނދުމަތި ކުރާނެ މީހުން ހޯދަމުން އަންނަ މައްސަލަތައް އިތުރުވާން ފަޝައިފިއެވެ.

މީގެ ގިނަ މައްސަލަތައް ކުރިމަތިވެފައިވަނިި ވެރި ރަށް ދިއްލީގައެވެ.

މި މައްސަލަ އާންމުންގެ ސަމާލުކަމަށް ގެނެސްފައިވަނީ ދިއްލީގެ ޗީފް މިނިސްޓަރު އަރްޖުން ކެޖްރިވާލް އެވެ. އޭނާ ވަނީ މިކަން މިގޮތަށް ދިމާވާ ކަމީ ވަރަށް ދެރަކަމެއް ކަމުގައި ފާހަގަކޮށްފައެވެ.

Advertisement
Ooredoo — Square (box)

އަދި މީގެ ފަހުން ދިއްލީގެ ހުރިހާ ހޮސްޕިޓަލެއްގައި ކޮވިޑް19 ޖެހިގެން އަންނަ ބަލި މީހުނަށް އެއްވެސް އުނދަގުލެއްނެތި ހޮސްޕިޓަލުތަކުގައި އެނދުމަތި ވެވޭނެ ކަމުގެ ޔަގީން ކަން ވެސް ޗީފް މިނިސްޓަރުވަނީ ދެއްވާފައެވެ.

މީގެ އިތުރުން އޭނާ ވަނީ ދިއްލީ ހޮސްޕިޓަލުތަކުން ކޮވިޑް19 އަށް ދެކެވެމުން އައި ވާހަކަތަކެއް ވެސް ދޮގުކޮށްފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް