ގަމާއި ފޮނަދުއަށް އަރާ ފޭބުން މަނާކޮށްފި

ލ.ފޮނަދޫ އިން ބަޔަކު ކޮވިޑަށް ފައްސިވުމާ ގުޅިގެން، ފޮނަދުއާއި އެރަށާ ގުޅިފައި އޮންނަ ގަމަށް އަރާ ފޭބުން މަނާކޮށްފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނީ، ފޮނަދުއަށް ދަތުރުކުރި ހަތަރު މީހެއްގެ ފަރާތުން ކޮވިޑްގެ އަލާމަތްތައް ފެނިގެން ޕީސީއާރް ޓެސްޓު ހަދާފައިވާ ކަމަށާއި އެ މީހުން އެ ބަޔަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.
އެ މީހުންގެ ކޮންޓެކްޓް ޓްރޭސިން ނިމެންދެން ފޮނަދޫގެ އިތުރުން އެ ރަށާ އެއްފަސް ވެފައިވާ ގަން ވެސް މޮނިޓަރިންގެ ހާލަތަށް ލާފައިވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނީ، ފޮނަދު އަށް ދަތުރުކުރި ހަތަރު މީހެއްގެ ފަރާތުން ކޮވިޑްގެ އަލާމަތްތައް ފެނިގެން ޕީސީއާރް ޓެސްޓު ހަދާފައިވާ ކަމަށާއި އެ މީހުން އެ ބަޔަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.
އެ މީހުންގެ ކޮންޓެކްޓް ޓްރޭސިން ނިމެންދެން ފޮނަދޫގެ އިތުރުން އެ ރަށާ އެއްފަސް ވެފައިވާ ގަން ވެސް މޮނިޓަރިންގެ ހާލަތަށް ލާފައިވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.