ދުނިޔެ

ކޮވިޑް19: މަރުވި މީހެއްގެ ހަށިގަނޑު އެއްލާލީ މަގު މައްޗަށް

ދެން އެމްވީ ، ދެން އޮންލައިން

އިންޑިއާ ގެ އަވަށެއް ކަމަށްވާ ޕުޑުއްޗެރީ ކޮވިޑް19 ޖެހިގެން މަރުވި މީހެއްގެ ހަށިގަނޑު މަގުމައްޗަށް އެއްލާލި މައްސަލައެއް ފެންމަތިވެއްޖެއެވެ. މި މަންޒަރު ދައްކުވައިދޭ ވީޑިއޯ އެއް މިހާރު ދަނީ މީސް މީޑިއާ ގައި ދައުރުވަމުންނެވެ.

Ads by Sosun Fihaara

މި ވީޑިއޯ އިން ފެންނަ ގޮތުގައި ހަޒްމަތް ސޫޓުގައި ތިބި ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންތަކެއް އެންބިއުލޭންސްގައި ގޮސް މަގުމައްޗަށް އެމީހާ ގެ ހަށިގަނޑު އެއްލާލައެވެ. އަދި އެމީހުން ސަލާމަތީ ގޮތުން ކޮވިޑް19 ޖެހިގެން މަރުވާ މީހުނާ މެދު އަޅަން ޖެހޭ ގިނަ ފިޔަވަޅުތައް ވެސް ނާޅަކަން އެވީޑިއޯ އިން ފާހަގަ ކުރެވެއެވެ.

މި ކަންކަން ފެންމަތިވުމާއެކު ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

އިންޑިއާ އިން ކޮވިޑް19 ޖެހުނު މީހުންގެ އަދަދު ވަނީ 2 ލައްކައަށް ވުރެ ގިނަވެފައެވެ. އެއާއެކު އިންޑިއާ މިހާރު އޮތީ މުޅި ދުނިޔެއިން ވެސް ހަ ވަނަ އަށް އެންމެ ގިނަ ،މީހުނަށް މިބަލި ޖެހުނު ގައުމުގެ ގޮތުގައެވެ. މިހާތަނަށް 6,845 މީހަކު ވަނީ އިންޑިއާ ގައި ކޮވިޑް19 ޖެހިގެން މަރުވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!