ދުނިޔެ

24 ގަޑިއިރު ތެރޭގައި 10 ހާހަށް ވުރެ ގިނަ މީހުން ފައްސިވެ، އިންޑިއާ ގައި ކޮންޓްރޯލް އެއް ނެތި ކޮވިޑް ފެތުރެނީ

ދެން އެމްވީ ، ދެން އޮންލައިން

އިންޑިއާ ގައި 24 ގަޑިއިރު ތެރޭގައި 10 ހާހަށް ވުރެ ގިނަ މީހުން ކޮވިޑް19 އަށް ފައްސިވެއްޖެއެވެ.

Ads by Sosun Fihaara

މާހިރުން ބުނާ ގޮތުގައި އިންޑިއާ ގެ ހާލަތު މިހާ ބޮޑަށް ދަށްވެފައިމިވަނީ އިންޑިއާ ގެ ލޮކްޑައުންއަށް ލުއި ދިނުމުގެ ސަބަބުންނެވެ. އެގޮތުން ލޮކްޑައުން އަށް ލުއި ދިންތާ ފުރަތަމަ ދުވަހުވެސް އެ ގައުމުގައި 9 ހާހަށް ވުރެ ގިނަ މީހުން ފައްސިވެ، އިޓަލީ ފަހަތަށް ޖައްސާލައި ދުނިޔެއިން ކޮވިޑް19 އެންމެ ގިނަ މީހުނަށް ޖެހުނު ލިސްޓުގެ 6 ވަނަ އަށް ވަނީ އަރާފައެވެ.

ލޮކްޑައުންއަށް ލުއި ދިނުމުގެ ގޮތުން އިންޑިއާ ގައި މޯލްތަކާއި ރެސްޓޯރެންޓުތައް ވަނީ ހުޅުވާލާފައެވެ.

އަދި އިންޑިއާގެ ބޮޑުވަޒީރު ވަނީ މިއީ ގައުމު ހުޅުވާލަން އެންމެ ރަނގަޅު ވަގުތުގެ ގޮތުގައި ވެސް ފާހަގަކޮށްފައެވެ.

އިންޑިއާ އިން މިހާތަނަށް ކޮވިޑް19 ޖެހިގެން 6900 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު ދިއްލީ އިން އެކަނި ވެސް ފާއިތު ވި 24 ގަޑިއިރު ތެރޭގައި 650 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!