Friday, 30 October 2026
Advertisement
Allied Insurance (leaderboard)
ދުނިޔެ

ކޮވިޑް19 އާ ގުޅިގެން ވަޒީފާ ގެއްލި 2 މަހުގެ ތުއްތު ދަރިފުޅު ވިއްކާލައިފި

ކޮވިޑް19 އާ ގުޅިގެން ވަޒީފާ ގެއްލި 2 މަހުގެ ތުއްތު ދަރިފުޅު ވިއްކާލައިފި

އިންޑިއާ ގެ ވެސްޓް ބެންގާލް ގައި ދެ މަހުގެ ތުއްތު ދަރިފުޅު 3000 ރުޕީސް އަށް ވިއްކާލައިފިއެވެ. އެ ކުއްޖާ ވިއްކާލާފައިވަނީ ދުރުތާ ތިމާގެ މީހަކަށެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި އެ ކުއްޖާ ގެ މަންމަ އަދި ބައްޕައަކީ ވެސް ދުވަހު މުސާރައަށް މަސައްކަތް ކޮށް އުޅުނު ދެ މީހުނެވެ. އަދި ކޮވިޑް19 އާ ގުޅިގެން ވަޒީފާ ގެއްލި އާމްދަނީ އެއް ނުލިބި މިހާރު ވަނީ ތިން މަސް ވެފައެވެ.

މި މައްސަލަ މިހާރު ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާއިރު މި މައްސަލައިގެ ތަހުގީގަށް އެއްބާރުލުން ދިނުމަށް ކުއްޖާގެ މައިންބަފައިން ވަނީ ފުރަތަމަ ދެކޮޅު ހަދާފައެވެ. ނަމަވެސް ފުލުހުންނާއި ކުޑަ ކުދިންގެ ހައްގުތަކަށް ވަކާލާތު ކުރާ އެންޖީއޯ އެއް ކުރި މަސައްކަތުން ވަނީ މި ކުއްޖާ ގެ ތިމާގެ މީހެއްގެ ގެއިން ކުއްޖާ ހޯދާފައެވެ.

Advertisement
Ooredoo — Truecaller (box)

މިކުއްޖާ އަށް މިހާރު އަންނަނީ ސަރުކާރު ހޮސްޕިޓަލެއްގައި ފަރުވާ ދެމުންނެވެ.

ކުއްޖާ ގެ މައްސަލަ ފެންމަތިވުމާއެކު ކުއްޖާ ގެ މައިންބަަފައިން ވަނީ ފިލާފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް