ދުނިޔެ

ދެވަނަ ފަހަރަށް ކޮވިޑް19 ނުޖެހެނީ އެންމެ 10 އިންސައްތަ މީހުނަށް : ދިރާސާ

ދެވަނަ ފަހަރަށް ކޮވިޑް19 ޖެހުމުން ހަށިގަނު ދިފާއުކޮށްދޭ އެންޓިބޮޑީ އުފެދެނީ އެންމެ 10 އިންސައްތަ މީހުންގެ ގައިގައި ކަމަށް ޑަބްލިޔުއެޗްއޯ ގެ އެޑްވައިޒަރެއް ކަމަށްވާ ޕްރޮފެސާ ކާރޮލް ސަގޯރާ ވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވީ ގިނަ މީހުނަށް ކުރިން ވައިރަސް ޖެހިފައި ހުރިނަމަވެސް އެންޓިބޮޑީ ޓެސްޓުން ގިނަ މީހުނަށް ދައްކަނީ ޓެސްޓު ނައްސި ކަމަށެވެ. އަދި މިކަމާއި ގުޅިގެން ކުރި ދިރާސާތަކުގައި ވައިރަހާއި ދެކޮޅަށް އެންޓިބޮޑީ އުފެދެނީ އެންމެ 10 އިންސައްތަ މީހުންގެ ހަށިގަނޑުގައި ކަން ހާމަވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ގިނަ ގައުމުތަކުން އަންނަނީ އެންޓިބޮޑީގެ ޒަރީއާއިން ވައިރަސް ޖެހިފައި އަމިއްލަ އަށް ރަނގަޅުވެފައިތިބީ ކިހާ މީހެއްތޯ ދެނެގަތުމުގެ މަސައްކަތް ކުރަމުންނެވެ.

ނަމަވެސް މި އައު ދިރާސާ ގެ ނަތީޖާ އާއެކު މި ކަން އެންމެ ރަނގަޅަށް ދެނެނުގަނެވޭނެ ކަމުގެ ބިރު ވަނީ ހީވެފައެވެ. އަދި މި ބަލިމަޑުކަމުގެ އަސަރު ކޮށްފައިވަނީ ކިހާ ވަރަކަށް ކަން ދެނެގަތުން ވެސް ވާނީ އުނދަގޫ ކަމަކަށެވެ.

އެމީހެއްގެ ހަށިގަނޑުގައި ވައިރަހާއި ދެކޮޅަށް އެންޓިބޮޑީސް ނުއުފެދޭ ނަަމަ އެމީހަކަށް ވައިރަސް އަލުން ޖެހުމުގެ ފުރުސަތު ވެސް އޮވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!