ދުނިޔެ

ކޮވިޑް19: ބަލި ޖެހި އަލާމާތް ނުފެންނަ މީހުންގެ ގައިން ބަލި ނުފެތުރޭ

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް19 ޖެހި ބަލީގެ އަލާމާތްތައް ނުފެންނަ މީހުންގެ ގައިން އެހެން މީހުންގެ ގަޔަށް ނުފެތުރޭ ކަމަށް ވުހާން ގެ އޮފިޝަލުން ހާމަކޮށްފިއެވެ.

Ads by WAMCO

ވުހާންގެ ހެލްތް ކޮމިޝަނުން އިއްޔެ ހާމަކޮށްފައިވާ ގޮތުގައި ވުހާން ގެ ސައިންޓިސްޓުން އަލާމާތް ނުފެންނަ މީހުންގެ ސާމްޕަލް ޓެސްޓު ކޮށް ބެލި ބެލުމުގައި އެމީހުންގެ ފަރާތުން އެހެން މީހުންގެ ގަޔަށް ވައިރަސް ނުފެތުރޭ ކަން އެނގިފައިވާ ކަމަށެވެ. އެމީހުންގެ ސާމްޕަލް ނަގާފައިވަނީ އެމީހުންގެ ދަތް އުނގުޅާ ބުރުސް، ތުވާލި އަދި ފޭސް މާސްކު ފަދަ ތަކެތިންނެވެ.

މީގެ ކުރިން ހީވެފައި އޮތީ ބަލީގެ އަލާމާތް ނުފެނުނު ކަމުގައި ވިޔަސް އެމީހެއްގެ ގައިން އެހެން މީހުންގެ ގަޔަށް ވައިރަސް ފެތުރޭ ކަމަށެވެ. އަދި އެކަމާއި ގުޅިގެން ބިރުވެރިކަން ވެސް އޮތީ އިތުރުވެފައެެވެ.

ކޮވިޑް19 އެންމެ ފުރަތަމަ ފެތުރުނު ވުހާން ގައި މިހާރު ވެސް ވައިރަސް ޖެހިފައިތިބި އަލާމާތް ނުފެންނަ 300 އެއްހާ މީހުން އެބަތިބި ކަމުގައި ވެެސް އެ އިދާރާއިން ވަނީ ހާމަކޮށްފައެވެ. މިކަން ހާމަވެފައިވަނީ ވުހާން ގެ ހުރިހާ އެންމެން ވައިރަހަށް ސްކްރީން ކުރުމަށް ގެންދިޔަ ޕްރޮގްރާމް ގައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!