Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ފުލުހުންގެ ބޮޑެތި ތަހުގީގުތައް ވާނުވާ ނޭނގި އަނބުރާލަނީ އަޑީ ދައުލަތުން: ނަޝީދު

ފުލުހުންގެ ބޮޑެތި ތަހުގީގުތައް ވާނުވާ ނޭނގި އަނބުރާލަނީ އަޑީ ދައުލަތުން: ނަޝީދު

ފުލުހުންގެ ބޮޑެތި ތަހުގީގުތައް ވާނުވާއެއް ނޭނގި އަނބުރާލަނީ އަޑީ ދައުލަތުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ހުށަހެޅުއްވި ފުލުހުންގެ ހިދުމަތުގެ ބިލަށް މަޖިލީހުގައި ކުރިއަށް ދިޔަ ބަހުސްގައި މެމްބަރަކަށް ފުރުސަތު ދެއްވުމުގެ ކުރިން، ރައީސް ނަޝީދު ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ފުލުސް އޮފީހުގައި އެމްއެމްޕީއާރްސީގެ ވައްކަމުގެ ތުހުމަތު ކުރެވޭ ފަރާތްތައް އެބަތިބި ކަމަށެވެ.

ނަޝީދު ވިދާޅުވީ އެ މައްސަލާގައި ފުލުހުން ކުރަމުންދާ ތަހުގީގު ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ ނުވަތަ 241 ކޮމިޓީން ވަރަށް ގާތުން ބަލަމުންދާ ކަމަށާއި ފުލުހުންގެ ތެރޭގައި އެ ތަހުގީގަށް ހުރަސް އަޅާ ބަޔަކު ތިބި ކަމަށް ވިދާޅުވި އެވެ.

Advertisement
Allied Insurance — Square (box)

ރައީސް ނަޝީދު ވިދާޅުވީ އެ ތުހުމަތު ކުރެވޭ ފަރާތްތައް މިހާރުން މިހާރަށް ސަސްޕެންޑް ކުރުމަކީ މުހިންމު ކަމެއްކަމަށެވެ. އަދި އެއަށްފަހު ނޫނީ އެމްއެމްޕީއާރްސީގެ މައްސަލައަށް ފުލުހުންގެ ތެރޭގައި ރަނގަޅު ތަހުގީގެއް ނުކުރެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ ފުލުހުންގެ ބިލަށް ވާހަކަ ދައްކާއިރު މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ބޮޑުންނާއި ފުލުހުންގެ ތެރޭގައި ހުރި ގުޅުންތައް މެމްބަރުން ދެނެގަތުން މުހިންމު ކަމަށެވެ. އަދި ރަޔަޓް ފުލުހުންނާއި ގޭންގްތަކާއި ހުރި ގުޅުހުންވެސް ދެނެގަމުން މުހިންމު ކަމަށް ވިދާޅުވި އެވެ.

"އަޑީ ދައުލަތެއް އޮތް ކަމަށް ވަރަށް ގިނަ ބަޔަކަށް އެބަ ޝައްކު ކުރެވޭ، އެކިއެކި ތަހުގީގު އެބަ އަނބުރާލެވޭ، އަޅުގަނޑުމެންނަށް ހަމަ ވާއެއް ނުވާއެއް ނޭނގޭ،" މީގެ ކުރިން ވެސް އަޑީ ދައުލަތެއްގެ ވާހަކަ އެތައް ފަހަރަކު ދެއްކެވި ރައީސް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ގެއްލުވާލާފައިވާ ނޫސްވެރިޔާ ރިލްވާންގެ މައްސަލާގައި އޭނާއަށް ފުލުހަށް ފާރަލާފައިވާ ކަމަށާއި އެފަދަ ބޮޑެތި މަރުތަކުގެ މައްސަލާގައި ވެސް ފުލުހުންގެ މުއައްސަސާގެ ތެރޭގައި "ދެ ފަރާތަށް" ތިބޭ މީހުން ތިބި ކަން ފާހަގަ ކުރެވޭނެ ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް