ބޮލީވުޑް

ގިނަ އަންހެން ކުދިންނެއްގެ ހިތްތަކުގެ ރާޖާ، ވަރުން ދަވަން މި މަހު ކައިވެނި ކުރަނީ؟

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ބޮލީވުޑު މަޝްހޫރު ތަރި، އަދި އެތައް އަންހެން ކުދިންގެ “ފޭވަރިޓް” އެއް ކަމަށްވާ ވަރުން ދަވަން ޖަނަވަރީ 2021 ގައި ކައިވެނިކުރަން އުޅޭ ކަމުގެ ވާހަކަތަކެއް ސޯޝަލް މީޑިއާގައި އެނބުރެން ފަށައިފިއެވެ.

Ads by STELCO

ރިޕޯޓުތަކުން ބުނާ ގޮތުގައި ވަރުން ކައިވެނި ކުރަން ހަމަޖެހިފައި ވަނީ މި މަހު، މުމްބާއި ގެ “އަލީބޮގް” ނަމަކަށް ކިޔާ އަވަށެއްގައެވެ. މަޝްހޫރު ފިލްމީތަރި ޝާހްރުކް ޚާންގެ އަމިއްލަ ގެއެއް ވެސް ހަމަ އެ ސަރަހައްދުގައި ވާކަމަށް ރިޕޯޓުތަކުން މައުލޫމާތު ލިބެއެވެ.

މީގެ އިތުރުން 200 މީހުންގެ ލިސްޓެއް ތައްޔާރު ކުރެވި، ފައިވް ސްޓާރ ހޮޓެލްއެއް ވެސް މިހާރު “ބުކް” ކުރެވިފައިވާ ކަމަށް ރިޕޯޓުތަކުން މައުލޫމާތު ލިބެއެވެ.

ފަހަކަށް އައިސް ގިނަ ބޮލިވުޑް ތަރިންތަކެއް ކައިވެނި ކުރަމުން އަންނަ އިރު، މި ފަހަކުން ސޯޝަލް މީޑިއާތަކުގައި އާއި ނޫސްތަކުގެ ފަލަ ސުރުހީތަކުން ޖާގަ ހޯދައިފައި ވަނީ ނޭހާ ކައްކަރު އަދި ރޯހަން ޕުރީތުގެ ކައިވެންޏެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!