ޚަބަރު

ސީއެމްޑީއޭގެ ސީއީއޯ އަކަށް މުޙައްމަދު ޙުސެއިން މަނިކު

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ)ގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ގެ މަގާމަށް މުހައްމަދު ހުސައިން މަނިކު އައްޔަން ކުރައްވައިފިއެވެ.

Ads by STELCO

މާލީ ދާއިރާގައި ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ މުޙައްމަދު ޙުސެއިން މަނިކު މީގެ ކުރިން ވަނީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ މަގާމުގެ އިތުރުން ސަރުކާރުގެ އެކި މަގާމުތަކާއި ޕެންޝަން އޮފީހުގައި ވެސް އިސްކޮށް ހިދުމަތް ކުރައްވާފައެވެ.

ޕެންޝަން އޮފީހުން އެމަނިކުފާނު ވަކިވެވަޑައިގެންނެވީ ފަސް އަހަރުގެ ދެ ޓާމް ފުރިހަމަ ކުރެއްވުމަށް ފަހު މިދިޔަ އަހަރުގައެވެ.

ރާއްޖޭގެ ހިއްސާގެ ބާޒާރު ބަލަހައްޓާ ސީއެމްޑީއޭ އަށް މިދިޔަ ހަފުތާގައި ވަނީ އާ ޗެއާޕާސަންއެއް ވެސް ހަމަޖައްސާފައެވެ. އެމަގާމަށް އައްޔްން ކޮށްފައިވަނީ އާއިޝަތު ޒާހިރާ އެވެ.

ޒާހިރާ ވަނީ މީގެ ކުރިން މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގައި 31 އަހަރު ހިދުމަތް ކުރައްވާފަ އެވެ.

އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުގެ މަގާމުން މިދިޔަ އަހަރު ޒާހިރާ ވަކިވެ ވަޑައިގެންފައި ވަނީ ހަ އަހަރުގެ ދެ ދައުރު ފުރިހަމަ ކުރެއްވުމަށް ފަހުއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!