ޚަބަރު

އަހަރުގެ ފުރަތަމަ 15 ދުވަސްތެރޭ ރާއްޖެއަށް 40000 އަށްވުރެ ގިނަ ފަތުރުވެރިން

ރައުފާ ރަޝީދު ، ދެން އޮންލައިން

މިއަހަރުގެ ފުރަތަމަ 15 ދުވަސްތެރޭ ރާއްޖެއަށް 40000 އަށްވުރެ ގިނަ ފަތުރުވެރިން އައިސްފިއެވެ.

Ads by STELCO

ޖެނުއަރީމަހުގެ 1 ވަނަ ދުވަހުން ފެށިގެންް 15 ވަނަ ދުވަހާއި ހަމައަށް ރާއްޖެއަށް ވަނީ 43481 ފަތުރުވެރިން އައިސްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކައެވެ.

ފުރަތަމަ 15 ދުވަހު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ރަޝިޔާއިންނެވެ.

ކޮވިޑް-19އާ ގުޅިގެން ބޯޑަރުތައް ބަންދުކޮށް އަލުން ހުޅުވާލިފަހުން ރަޝިއާއިން ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު އިތުރުވެ ރާއްޖޭގެ ޓޮޕް އިންބައުންޑް މާކެޓަކަށް ވެސް ރަޝިއާ ވަނީ ވެފައެވެ. މިމަހުގެ 13ވަނަ ދުވަހާއި ހަމައަށް އެޤައުމުން ރާއްޖެއަށް 10002 ފަތުރުވެރިން އައިސްފައިވެއެވެ.

ފާއިތުވި ފަނަރަ ދުވަސްތެރޭ ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައި ވަނީ މިދިޔަ ހުކުރު ދުވަހުއެވެ. އެދުވަހު ރާއްޖެއަށް ވަނީ 3055 ފަތުރުވެރިން އައިސްފައެވެ. ރާއްޖެއަށްމިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު އަންނަނީ 2899 ފަތުރުވެރިންނެވެ.

ދެވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ރާއްޖެއަށް އައިސްފައިވަނީ އިންޑިއާއިންނެވެ. އެޤައުމުން މި މުއްދަތުގައި ރާއްޖެއަށް 5727 ފަތުރުވެރިން އައިސްފައިވެއެވެކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ބޯޑަރު މާޗް 27 ވަނަ ދުވަހު ބަންދުކޮށްފައި ވާއިރު ބޯޑަރު އަލުން ހުޅުވާލުމާއެކު ރާއްޖެ އަންނަމުންދާ ފަތުރުވެރިންގެ އަދަދު ވަނީ އިތުރުވެފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!