"ޔާމީންގެ ވެރިކަން ނަމަ ރައްޔިތުން މިހާރު ތިއްބަވަނީ ވެކްސިން ޖައްސަވައިގެން"

މިއީ ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަން ނަމަ މިހާރު ރައްޔިތުން ތިބޭނީ ކޮވިޑް-19 އަށް ވެކްސިން ޖަހައިގެން ކަމަށް ބާރަށު ދާއިރާގެ ކުރީގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާޙިމް ޝުޖާޢު ވިދާޅުވެއްޖެއެވެ.
ޝުޖާއު ވިދާޅުވީ ޕެނަޑޯލް ގުޅައާއި ގަލަމަކީ ތަރައްގީއޭ ބުނީމައި ގަބޫލު ކުރަން އުނދަގޫވާ ކަމަށާއި މި ސަރުކާރަށް 4 ލައްކަ ރައްޔިތުންގެ މި ކުޑަ އާބާދީއަށް ހިލޭ މާސްކް ވެސް ބަހާ ނުލެވުނު ކަމަށާއި ވެކްސިން ކޮޅުވެސް ހޯދައި ނުދެވުނު ކަމަށެވެ.
“ މިއީ ރައީސް ޔާމީންގެ ވެރިކަން ނަމަ މިހާރު ރައްޔިތުން ތިއްބަވަނީ ވެކްސިން ޖައްސަވައިގެން" ޝުޖާއު ވިދާޅުވިއެވެ.
ޝުޖާއު މިހެން ވިދާޅުވިއިރު، ވަނީ އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީ ކޯލިޝަނުން މިއަދު ވަނީ ގއ. ދެއްވަދޫއަށް 4،000 ފޭސް މާސްކް ހަދިޔާކޮށްފައެވެ.
އެ ކޯލިޝަންގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ދެއްވަދޫ ކޮމިޓީއަށް އެ ތަކެތި ހަދިޔާ ކޮށްދިނީ ކޯލިޝަންގެ އެކްޓިން ލީޑަރު، ޕީއެންސީގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ (އަދުރޭ) އެވެ. އެ ތަކެއްޗާ ހަވާލުވީ ދެއްވަދޫ ކޮމިޓީގެ ޓްރެޒަރާ ތައުހީދު ސަލީމެވެ.