މުނިފޫހިފިލުވުން

“އަނޫޕަމާ” : ވަންރާޖް އެންމެ ފަހުން ލޯބި ހުށަހަޅަނީތަ؟

ރައުފާ ރަޝީދު ، ދެން އޮންލައިން

ސްޓާރ ޕްލަސްގެ "އަނޫޕަމާ" ސިލްސިލާއަކީ މިހާރު އެންމެ ގިނަ މީހުން ބަލާ އެއް ޝޯއެވެ. އަހަރުގެ ފުރަތަމަ ހަފުތާގައި އެންމެ ކާމިޔާބު ހޯދައި ޓީއާރުޕީގެ އެންމެ ކުރި ހޯދާފައި ވަނީ ވެސް ސްޓާޕްލަސްގެ "އަނޫޕަމާ" އެވެ.

Ads by STELCO

މި ޝޯގައި އަނޫޕަމާގެ ރޯލު ކުޅެނީ ރުޕާލީ ގަންގޫލީ އެވެ. މި ޝޯ ގިނަ ބަޔަކަށް ކަމުދަނީ އަމިއްލަ ދިރިއުޅުމުގައި ދިމާވާ ކަހަލަ ހާދިސާތައް ވަރަށް ގަބޫލު ކުރެވޭ ގޮތަކަށް ޝޯގައި ދައްކާތީ އެވެ. އަނޫޕަމާއަކީ 2020 ވަނަ އަހަރު ސްޓާ ޕްލަސް އިން ދައްކަން ފެށި ޝޯއެކެވެ.

ދިރިއުޅުމުގައި އަނޫޕަމާގެ ފިރިމީހާ، ވަންރާޖް އެހެން މީހަކާ ރައްޓެހިވެ ގުޅުން ބާއްވާކަން އަނޫޕަމާއަށް އެނގުނު ހިސާބުން ދިރިއުޅުން އެއްކޮށް ބަދަލު ކޮށްލަން ޖެހުނެވެ. ވަންރާޖްގެ ރުޅިވެރިކަން ކޮންމެ ދުވަހަކު އަނޫޕަމާއަށް ދެއްކި ނަމަވެސް އާއިލާގެ މުސްތަޤްބަލަށް ޓަކައި، ވަކިނުވެ އުޅެމުން ދެއެވެ. އެންމެ ފަހުން އޭނާ ދިރިއުޅުމައިގެން ކުރިޔަށްދާން ފެށިއެވެ. ވަންރާޖް ދެކެ އިންތިހާއަށް ލޯބިވީ ނަމަވެސް އޭނާގެ ފަރާތުން ފެންނަން ފެށި ކަންތައްތަކުގެ ސަބަބުން ދިރިއުޅުން މަތިން ފޫހިވާން ފެށިއެވެ.

ދެން ފެނިގެން ދިޔައީ ވަންރާޖް އާއި އޭނާގެ ލޯބިވެރިޔާއާ ދޭތެރޭގައި މައްސަލަ ޖެހި، ކުދި ކުދި ކަންތައްތައް ދިމާވުމުންވެސް ވަންރާޖް އަނޫޕަމާ އާއި އޭނާގެ ލޯބިވެރިޔާއާ އަޅާ ކިޔަން ފެށުމެވެ. އަނޫޕަމާ ކަންތައްތައް ކޮށްދޭ ގޮތަށް ލޯބިވެރިޔާ ކަންތައްތައް ނުކޮށްދިނުން ވެގެންދިޔައީ ވަންރާޖް އަނޫޕަމާ މަތިން އިތުރަށް ހަނދާންވާން ފެށި ކަމަކަށެވެ.

އެގޮތުން، އަނޫޕަމާގެ އެންމެ ފަހުން ދެއްކި އެޕިސޯޑަށް ބަލާއިރު، ވަންރާޖް އޭނާ ކައިރީގައި އެއްޗެއް ބުނަން ބޭނުންވާކަން ހާމަކުރިއެވެ. އަދި އެއީ ވަންރާޖް ގެ ދިރިއުޅުމަށް ގެންނަން އުޅޭ ބޮޑު ބަދަލެއް ކަމަށާއި، އަނޫޕަމާ ދެކެ ލޯބިވާކަން ބުނި ހިސާބުން އެންމެ ފަހުގެ އެޕިސޯޑް ނިމުމަކާ ހަމަޔަށް އައެވެ. އަނބުރާ އަނޫޕަމާ ވަންރާޖް ކައިރިއަށް ދާނެ ބާވައެވެ؟

މުނިފޫހިފިލުވުމުގެ ޚަބަރުތައް ބުނާގޮތުން ދެން މި ޝޯއިން ފެނިގެންދާނީ އަނޫޕަމާގެ ކުރީގެ ލޯބިވެރިއެކެވެ. އޭނާ ފެނި، މުޅި އަނޫޕަމާ ޝޯ ބޮޑު ބަދަލަކަށް އަންނާނެ ކަމަށެވެ. އަދި ވަންރާޖްއާ ދޭތެރޭ އަނުޕަމާ ދެކޭ ގޮތް ތަފާތު ވާނެއެވެ.

  1. ކަނބުލޮ

    އެއީ އޭނަގެ ޚިޔާލެއް