ޚަބަރު

މާފުށި ކައިރީގައި އޮތް ސަފާރީއެއްގައި އަލިފާން ރޯވެއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކ. މާފުށީ ކައިރީގައި އޮތް ސަފާރީއެއްގައި އަލިފާން ރޯވެއްޖެއެވެ.

Ads by STELCO

އެމްއެންޑީއެފް ގެ މީޑިއާ އޮފިޝަލު މޭޖަރ އިބްރާހިމް އާޒިމް ވިދާޅުވީ، ފަޔަރ ލޯންޗު މިހާރު މާފުއްޓަށް ދަތުރު ކުރަމުންދާ ކަމަށެވެ. މިހާދިސާގެ ރިޕޯޓު އެމްއެންޑީއެފް އަށް ލިބިފައިވަނީ މިއަދު 13:24 ހާއިރު ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.

ސަފާރީގައި ތިބި މީހުން މިހާރު އެހެން ލޯންޗަކަށް ނަގާފައިވާ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ. އާންމު ފަރާތަކުން އެމްއެންޑީއެފް އަށް މައުލޫމާތު ދެމުން ބުނެފައި ވަނީ މިހާރު ސަފާރީން ދުން އަރާ ތަން ނުފެންނަ ކަމަށެވެ.

އަލިފާނުގެ މިހާދިސާގައި އަދި އެއްވެސް މީހަކަށް އަނިޔާ ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއްވާފައިވެއެވެ.

"އޯޝަން ޑިވައިން މޯލްޑިވްސް" ނަމަކަށް ކިޔާ އެސަފާރީގައި ތިބީ ޖުމްލަ 18 މީހުން ކަމަށާއި އެއީ 13 ޕަސަންޖަރުންނާއި 5 ފަޅުވެރިން ކަމަށް މައުލޫމާތު ލިބެއެވެ. ހާދިސާގައި ފިހިފައި ވަނީ ސަފާރީގެ ކެޕްޓަން އެކަންޏެވެ. އޭނާ އަކީ ބިދޭސީ އެކެވެ. އަދި އޭނާއަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދިޔުމަށް ވަނީ މާފުއްޓަށް ގެންގޮސްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!