ޚަބަރު

ފުލުހުން ތަހުގީގު ކުރަމުންދާ މަރުގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަނީ

ރައުފާ ރަޝީދު ، ދެން އޮންލައިން

ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މަރުގެ މައްސަލައަކާ ގުޅިގެން ބިދޭސީ މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

Ads by MWSC

މިމައްސަލައާ ގުޅިގެން ފުލުހުން ހޯދަމުން ދަނީ ބަނގުލަދޭޝް މީހެއް ކަމަށްވާ، މުޙައްމަދު ޢަލީ ޙޮސެއިން (32އ) އެވެ.

މުޙައްމަދު ޢަލީ ހޮސެއިންއާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުގެ ނަމްބަރު 9911099 ށް ގުޅުއްވައި ޙިއްސާ ކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.

އަދި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ ރައްޔިތުންނަށް ޝުކުރު އަދާ ކޮށްފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!