ޚަބަރު

500 ރުފިޔާގެ ވަގު ނޫޓު ދައުރުވަމުންދާ ކަމަށް ދެކެވޭ ވާހަކަތައް އެމްއެމްއޭ އިން ދޮގުކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ރާއްޖޭގައި 500 ރުފިޔާގެ ވަގުނޫޓު މިދުވަސްކޮޅު ދައުރުވަމުންދާ ކަމަށް ދެކެވޭ ވާހަކަތައް މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދޮގު ކޮށްފިއެވެ.

Ads by STELCO

އެމްއެމްއޭ އިން ވަނީ ރާއްޖޭގައި މިވަގުތު 500 ރުފިޔާގެ ވަގު ނޫޓެއް ދައުރުވަމުން ނުދާ ކަމުގެ ޔަގީންކަން ދެއްވާފައެވެ. މިޔަގީންކަން އެއޮތޯރިޓީން ދެއްވާފައި މިވަނީ 500 ރުފިޔާގެ ވަގު ނޫޓެއް ދައުރު ވަމުންދާ ކަމަށް ބުނެ ފޮޓޯއެއް މީސްމީޑިއާގައި ދައުރުވަމުން ދާ ވަގުތެއްގައެވެ.

މިކަމާ ގުޅޭގޮތުން އެމްއެމްއޭ އިން ބުނެފައި ވަނީ، ދައުރުވަމުންދާ ނޫޓު މަރުކަޒީ ބޭންކަށް ގެނެސް ބެލިބެލުމުން އެއީ ސައްޙަ ނޫޓެއް ކަމަށް ދެނެގަނެވިފައިވާ ކަމަށެވެ. އަދި އެނޫޓުގެ ކުލަ ފަނޑުވެފައި ވަނީ، އޭގައި ޖެހުނު ކުލައެއް ފިލުވުމަށް ކެމިކަލް ޖެހުމުގެ ސަބަބުން ކަމަށް ވެސް އެއޮތޯރިޓީން ވަނީ ބުނެފައެވެ.

އެމްއެމްއޭ އިން ބުނީ، އެނޫޓުގެ ކުލަ ފަނޑުވެފައިވީ ނަމަވެސް، އެއީ ސައްޙަ ނޫޓެއް ކަމާމެދު އެއްވެސް ޝައްކެއް ނެތް ކަމަށެވެ. އަދި މިގޮތަށް އެއްވެސް ނޫޓަކާ މެދު ޝައްކު އުފެއްދިއްޖެ ހާލަތެއްގައި އެމްއެމްއޭއަށް ގެނެސް އެކަން ސާފު ކުރުމަށް އެއިދާރާއިން ވަނީ އިލްތިމާސް ކޮށްފައެވެ.

 

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!