އަމިއްލަވަންތަކަން ހާމަކޮށްދީ ދެމެހެއްޓުމުގައި، ތުންތުންމަތީން ވާރިދުވަމުން އަންނަ ވާހަކަ ފަދަ ތަކެތީގެ ދައުރު (2)
ދިވެހިންނަކީ ވަރަށް ޒަމާންވީ ތާރީޚެއް ހިއްސާކުރަމުން އަންނަ ބައެކެވެ. އަމިއްލަވަންތަ ސިފަތަކެއް ހުރި އާދަކާދަތަކެއްގެ މަތީ ދިރިއުޅެމުން އަންނަ ބައެކެވެ. ކޮންމެ ޤައުމެއްގެ ވެސް އާދަކާދައާ އެޤައުމެއްގެ އަމިއްލަވަންތަކަމާ ވަނީ ގުޅިފައެވެ. ދިވެހިންގެ އަމިއްލަވަންތަކަމާ ދިވެހީންގެ އާދަކާދަ ވާނީ ގުޅިފައެވެ. ދިވެހީންވެސް އެބައިމީހުންގެ އަމިއްލަވަންތަކަން ފާޅުކުރުމަށާއި ހާމަކުރުމަށާއި ދެމެއްޓުމަށް ޓަކައި ތަފާތު ކަންކަން ކުރެއެވެ. މީގެތެރެއިން އެއް ގޮތަކީ ތުންތުންމަތީން ކިޔަމުން އަންނަ ވާހަކަފަދަ އެއްޗެއްސެވެ. ނުވަތަ އޯރަލް ލިޓްރޭޗަރއެވެ. މިފަދަ އަދަބީ ތަރިކަތަކުގެ ތެރޭގައި ދޮންހިލައާއި އަލިފުޅު، ދޮންމޮހަނާއި މިޔަރު، ބޮޑުގޮހޮޑާ ވާހަކަފަދަ ވާހަކަތައް ހިމެނެއެވެ. އަދި މިގެ އިތުރުން ތުއްތުކުދިންނަށް ކިޔައިދޭ ވަރަށް ގިނަ މިފަދަ ވާހަކަތައް ވެސް ހުރެއެވެ. ނަމަވެސް މިތަކެއްޗަކީ ދިވެހީންގެ އަމިއްލަވަންތަކަން ހާމަކޮށް ދެމެހެއްޓުމުގައި ކިހައިމުހިންމު ދައުރެއް އަދާކުރާ އެއްޗެއްތޯ ބެލިފައިއެއް ނެތެވެ.
ދިވެހީންގެ އިހުގެ ދިރިއުޅުމުގެ ގޮތްތައް އެންމެ ބޮޑަށް ފެންނަ އެކައްޗަކީ ތުންތުންމަތީން ކިޔަމުން އައި ވާހަކަފަދަ ތަކެތި ކަމަށްވެފައި އެތަކެތީން ދިވެހީންގެ އަމިއްވަންތަކަން ހާމަވަނީ ކިހިނެއް ކޮން ގޮތަކަށް ކަމެއް ދިރާސީ ނަޒަރަކުން ބެލުން ވަރަށް މުހިންމެވެ. ދިވެހީންގެ އަމިއްލަވަންތަ ބަސް ހާމަކޮށް ދެމެހެއްޓުމާއި ދިވެހީންގެ އާދަކާދައާއި މަސައްކަތެރިކަމުގެ ވާހަކައާއި ދިވެހީންގެ ކެއުންބުއިމުގެ ކަންކަން ހާމަކޮށް އޮޅުން ފިލުވައިދެމުން ޖީލުން ޖީލަށް އެ ފަދަ ކަންކަން ނަގުލުވެފައިވަނީ ކިހިނެއްކަން ދަނެގަތުމަކީ މުހިންމު ކަމެކެވެ. އެހެނީ ގިނަފަހަރު، އެފަދަ ތަކެތި ބެލެވިފައިވަނީ ބޭނުމެއް ނެތް ބޭކާރު ތަކެތީގެ ގޮތުގައެވެ.
ބަޔާންކުޅަ ފަދައިން ، ދިވެހީންނަކީ ޒަމާނުއްސުރެ ފޯކުވާހަކަ ނުވަތަ ތުންތުންމަތީން ކިޔާ ވާހަކަ ކިޔަމުން އަންނަ ބަޔަކަށް ވެފައި މިތަކެއްޗަކީ ދިވެހީންގެ އަމިއްލަވަންތަކަން ހާމަކޮށް ދެމެހެއްޓުމުގައި ކިހައިމުހިންމު ދައުރެއް އަދާކުރާ އެއްޗެއްތޯ ބެލުން ވަރަށް މުހިންމެވެ. ޚާއްޞަކޮށް ދިވެހިންގެ ބަހާއި ދިވެހީންގެ މަސައްކަތެރިކަމާއި ދިވެހީންގެ އާދަކާދައާއި ދިވެހީންގެ ކެޔުންބުއިމުގެ ކަންކަން ހާމަކޮށް ދެމެހެއްޓުމުގައި އޯރަލް ލިޓްރޭޗަރގެ ދައުރަކީ ކޮބައިތޯ ދަނެގަތުން މިއީ ވަރަށް ބޭނުންތެރިކަމެކެވެ.
އަޅުގަނޑު ދެކޭ ގޮތުގައި ދިވެހީންގެ އޯރަލް ލިޓްރޭޗަރ އާންމުކޮށް ބެލެވިފައިވަނީ ބޭނުމެއް ނެތް ބޭކާރު އެއްޗެއްގެ ގޮތުގައި ކަމަށް ވެފައި އެއާ މެދު ޝައުޤުއުފެދޭނީ މިފަދަ ދިރާސާއެއް މަސައްކަތްތަކުގެ ސަބަބުންނެވެ. ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމުގައި ދިވެހީންގެ އޯރަލް ލިޓްރޭޗަރއަށް މާބޮޑު އަޙައްމިއްޔަތެއް މިހައިތަނަށް ދެވިފައި ނެތް ނެތުމަށް ކުޑަނަމަވެސް ޙައްލެއް ހޯދޭނީ މިވފަދަ ވާހަކަތައް ގިނަގިނައިން ދައްކައި ހާމަކޮށްގެންނެވެ. މި ސަބަބުތަކަށް ޓަކައި ދިވެހީންގެ އަމިއްލަވަންކަން ދެމެހެއްޓުމުޔާއި ހާމަކޮށްދިނުމުގައި ދޫދޫމަތީން ވާރިދުވެގެން އައިސްފައިވާ އަދަބީ ތަރިކަ އެހީތެރިވާ ގޮތް ދެނެގަންނާން ޖެހެއެވެ. އެ ފަދަ ތަކެތީން ފެންނަ ދިވެހިވަންތަ ގޮތްތަކާއި ސިފަތައް ދަނެގަންނާނެ ޖެއެވެ. މިފަދަ ކަންކަން ދުނިޔޭގެ އެހެން އަދަބުތަކުގައި އޮތް ގޮތާއި ދޫދޫމަތިން ކިޔެމުން އަންނަ ވާހަކަތަކުގެ މުހިންމުކަން ދަނެގަތުން ވެސް މުހިންމުކަމުގައި ދެކެމެވެ