ކޮލަމް

އިބޫފައިސަލް ހޮވައިދިނީ ރައީސް ނަޝީދެއް ނޫން،އެއީ ގިނަ ބައެއްގެ މަސައްކަތް!

ޢަބްދުﷲ ޔޫސުޕް ، ދެން އޮންލައިން

އެމްޑީޕީ ދެފަޅިވެއްޖެއެވެ. ރައީސް މައުމޫނަށް ޑީއާރުޕީއާއި ޕީޕީއެމް ގެއްލުނުހެން ރައީސް ނަޝީދަށް އެމްޑީޕީ ވެސް ގެއްލެނީތާއެވެ. ސަރުކާރުގެ މައްޗަށް ކުރީގެ ރައީސް ، ރައީސް ނަޝީދު އަތްގަދަކުރާން ކުރަމުން ދިޔަ މަސައްކަތް ނިކަން ރަނގަޅަށް ފޭލިވެއްޖެއެވެ. ރައީސް ސޯލިހަކީ ސިޓިންގ ރޫމުގައި އެލުވައިފައި އޮތް ޗާންދަލިޔާއަކަށް ނުހެދުނެވެ. ވަރަށް ގުޅިގެން ތާހިރު ވެރިކަމެއް ކޮށްދޭން އުޅޭކަން ދައްކައިގެން އުޅުނު އުޅުން ނިމުމަކަށް އައީތާއެވެ. މިހެން މިކަން ދިމާވުމުން މިހާރު އެންމެ ބާރަށް ދައްކާ އެއް ވާހަކައަކީ ރައީސް ސޯލިހަށް ވެރިކަން ހޯދައިދިނީ ރައީސް ނަޝީދުކަމަށް ދެކެވޭ ވާހަކައެވެ،

Ads by Sosun Fihaara

ވިސްނާ ބަޔަކަށް ވާނުވާ އޮޅުވައެއް ނުލެވޭނެއެވެ. ވެރިކަމުގެ ތެރެއަށް އަތް ނުބާނާ ހުންނެވުމަކީ ރައީސް ނަޝީދަށް ހަޖަމުކުރެވޭ ކަމެއް ނޫނެވެ. އުކުޅަހު ބަގާވާތޭ ކިޔުނު ހިސާބުން އެޖެންޑާ19 ތަފާތުވާނެކަން އެނގުނެވެ. އިބޫ ކިތަންމެހާ ވެސް ސުމާޓެވެ. އުކުޅަހު ކޮންގްރަސް ނިމުނީ ޝަރުތަކާ އެކު ވެސް އިބޫއަށް އެމްޑީޕީ ރިޔާސީ ޓިކެޓް ލިބިގެންނެވެ. ރައީސް ނަޝީދަށް ވަފާތެރިން އެކަން ސިފަކުރީ ބަގާވާތެއް ގޮތުގައެވެ.

ލިބުނު ޓިކެޓާ އެކު ވަރުގަދަ ކޯލިޝަނެއްގެ ތެރެއިން ރައީސް ޔާމީނު ބަލިކުރަން ރައީސް ޞާލިޙް ފޫގަޅައިލީ އެމްޑީޕީގެ ރައީސް ، ރައީސް ނަޝީދު އަދީބާ ޑީލު ހަދައިގެން ޖަލުން ނިކުމެ ރާއްޖޭން ބޭރުގައި ހުއްޓައެވެ. ރައީސް މައުމޫނާއި، އަދާލަތު ރައީސް އިމްރާނާއި ޖޭޕީގެ ލީޑަރ ގާސިމާއި ކާނަލް ނާޒިމު ވެސް ތިބީ ޖަލުބަންދުގައެވެ. އެހުރިހާ ލީޑަރުންނަށް ވަފާތެރި އެންމެން އެއްވާނަކަށް އިބޫ ފަހަތަށް އަރާ ޔާމީނު ބަލިކުރަން ޖެއްސިއެވެ.

މަޖިލިސް ފާރުމަތިން އުކާލި ބާރަ މެންބަރުންނާއި ރައީސް ޞާލިޙާ އެކު މަޖިލީހުގައި އުޅުނު ރަހުމަތްތެރިންނާއި ކޯލިޝަން ޕާޓީތަކުގެ އިސް އެކްޓިވިސްޓުންނާއި ސިޔާސީ އެތައް ބަޔަކު ރެއާދުވާލު ރައީސް ޞާލިޙާ އެކު މަސައްކަތް ކުރިއެވެ. ކާނަލް ނާޒިމާއި ކުރީގެ އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސައީދާއި ކުރީގެ ފަޑިޔާރު އަލީ ހަމީދާއި އަދީބަށް ވަފާތެރި އެތައް ބަޔަކު ވެސް ޞާލިޙްގެ ފަހަތަށް އެރިއެވެ. އެމްޑީޕީގެ ޓިކެޓުގައި އިބޫ ނިކުމެ ހުރީތީ އެމްޑީޕީގެ އާއްމު މެންބަރުން ވަރަށް ބޮޑު ގުރުބާނިއެއްވި މެއެވެ. މި އެންމެންގެ މަސައްކަތުން އިބޫއަށް ރިޔާސީ އިންތިހާބު ކާމިޔާބު ކޮށްދިނެވެ،

އިބޫ ފައިސަލް ކެންޕެއިން މުޅި ރާއްޖޭގައި ހިނގަމުން ދިޔައިރު އެމްޑީޕީގެ ރައީސް ، ރައީސް ނަޝީދު ހުންނެވީ ރާއްޖެއިން ބޭރުގައެވެ، ތިރީސް ސިކުންތުގެ އެންމެ އޯޑިއޯ މެސެޖެއް ފިޔަވައި ރައީސް ނަޝީދުގެ ހެލޭ ދުލުން ބަހެއް އިވިފައެއް ނުވެއެވެ. ހާމިދު އަބްދުލްޣަފޫރުމެން ފަދަ އަރިސް ގިނަ އެކްޓިވިސްޓުން ތިބީ ހަނެވެ. ޗެއަރޕަރސަނަށް ވިޔަތީ ހަސަން ލަތީފު ހަމަ ހިފަހައްޓާ ތަން ފެނުނެވެ. އެމްޑީޕީ ނައިބު ރައީސް ސިއްޕެ ވެސް މަސައްކަތްތަކެއް ކުރިއެވެ. ބިޔަ ޖަލްސާތަކުން އިމްތިޔާޒު ފަހުމީ ފެނިލައެވެ، އެހެން ނަމަވެސް އެމްޑީޕީގެ ހަގީގީ ސިފައިގައި އެމްޑީޕީން ކެންޕޭނު ކުރާތީއެއް ނުފެނެއެވެ. ޞާލިޙްގެ އެކުވެރި މަޖިލިސް މެންބަރުން ކަމުގައިވާ ޢަބްދުﷲ ޝާހިދާއި ފައްޔާޒު އިސްމާއީލާއި މާރިޔާ ދީދީއާއި އަލީ ނިޒާރުމެންގެ އިތުރަށް ބާރަ މެންބަރުންނާއި އަދާލަތު ޕާޓީގެ އަލީ ޒާހިރާއި މެޑަމް އައިޝާ އާއި މަހުލޫފާއި ރައީސް މައުމޫން ޙަރަކާތުގެ ނާދިރާގެ އިތުރުން އާދަމް އާޒިމްގެ އަޑު ފިސާރި ގަދައެވެ. އެންމެ ފަހުން މެޑަމް ނަސްރީނާ ވެސް ނިކުތެވެ. ދޭތެރެއަކުން ފެނިލިޔަސް ރައީސް ނަޝީދުގެ ވަފާތެރިންގެ ދައުރު ވަރަށް ފަޑެވެ. އެކަމާ އޭރު ވެސް ބައެއް މީހުން ސުވަލު އުފެއްދިއެވެ. އަނެއްކޮޅުން ފިއްތުންތަކާ އެކު ވެސް މުޅި ރާއްޖޭގައި ކުރު މުއްދަތެއްގައި އެ ވަރުގަދަ ކެންޕެއިންގެ ދަތުރުތަކުގައި އުޅޭތަން ބޮޑަށް ފެނުނީ ވިލާގެ ފުލައިޓްތަކާއި ލޯންޗުތަކެވެ. ރައީސް ޔާމީނު ބަލިކޮށްލުމަކީ ގިނަބައެއްގެ އަޒުމަކަށް އޭރު އޮތީވެފައެވެ. މަލްޓިޕާޓީ ނިޒާމުގައި ވޯޓްލާން ފެށީންސުރެ ފެނުނު އެންމެ ފުޅާ މެޖޯރިޓީއަކުން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރި ފުރަތަމަ ޖޯޑަކީ އިބޫ ފައިސަލްގެ ޖޯޑެވެ. ކެންޕެއިން ކާމިޔާބު ކުރުމުގައި އިބޫފައިސަލް ކޯލިޝަންގެ ހުރިހާ ދިމާލެއް ރަނގަޅަށް މަސައްކަތް ކޮށްފައިވާތީއެވެ. މި ހުރިހާ ސަބަބެއް މިހެން ހުރުމުން އިބޫފައިސަލްގެ ވެރިކަމަކީ ރައީސް ނަޝީދު ހޯދައިދިން ވެރިކަމެކޭ ބުނާނެ ޖާގައެއް ނެތެވެ. ޞާލިޙަށް ވެރިކަން ހޯދައިދިނީ އެކި ކަންކަމުގައި ގައިދުވި ގައިދީންނޭ  ބުންޏަސް އެއަށް ވުރެ މާތާހިރުވާނެއެވެ.

Ads by HDC
  1. ހަޤީގަތް

    މިލިޔުމުގައި މިވަނީ%100 ރަނގަޅު ހަޤީގީ ވާހަކައެއް އިބޫއާއި ފައިސަލް ހޮވުމަށްޓކައި ތިޔަކިޔާ ކެނެރީގޭ ސޮރަށްވުރެ ކުރީގެ ރައީސް މައުމޫނު އަނބިކަނބަލުން މެޑަމް ނަސްރީނާ ކޮށްދެއްވި ބުރަ މަސަށްކަތްޕުޅު މާގިނަވާނެ މީހަގީގަތް އެނގޭމީހެއް އޮޅުވައި ނުލެވޭނެ ވަރަށްސާފް އިނގޭތޯ

  2. ތަރަބެ

    އިބޫ އަށް އެ ފުރުސަތު ލިބުނީ އަންނި އަށް ކުރިމަތިލެވެން ނެތީމަ. އެހެންނަމަ ނުލިބުނީސް.

    • މައިކަށިފިކުރު

      އިބޫއަށް ކުރިމަތި ލެވުނީ އިންތިހާބު ބޭއްވީމަމަމަމަމ އަބުދުއްލޯ ގާޒީ ކިޔާ މީހަކު ގާޒީކަން ކުރީމާ

  3. އަހުމަދު

    ތިހާ މޮޅިއްޔާ މިއަންނަ ދައުރު ހޮވިލަބަލަ އަހަރެން ބުނާނަން މޮޅޭ. ތިހެން ރިލޯޑު ކޮއްގެން ލިޔެވިދާނެ.

  4. ޔަހުޔާ

    އެންމެންގެ މިންނެތް މަސައްކަތް. އިޚްލާޞްތެރިސިފައިން ކޮޅެއްވެސް ހިމެނޭ. ޖުމްލަކޮށް ވަކި މީހަކަށް މެޑެއްޔެއް ނުޖެހޭނެ.

  5. ހެހެހޭ

    ރައީސް ޔާމީން އައްވުރެ މާގޯސް ރައީސްޔާމީންއިރުގަ އޭނަޔާއެއްކޮޅައްހިންގި ނޫހެއް ފެންނާކައްނެތް މިހާރު މިފެންނަނީ އަމިއްލަނޫހުން އަމިއްލަޔައް ޕްރޮމޯޓްވާން މަސއްކަތް ކުރާތަން

    • ކަންކަށިފިކުރު

      ހަގީގަތް ހާމަކުރީމަ މިވަނީ ލިޔުންތެރިޔާއާއި އެވާހަކައެއް ސާއިއުކުރާ ނޫސް ވިކުނީކަމަށްދޯ. އަންނި މުސާރަ ދީގެން އޭނަ މާކެޓްކުރަން ހުންގާ މީޑިޔާ ސްޓަންޓްވަނީ ހައްގުތެދަށް. ތެދަކީތެދު. ހަގީގަތް އޮޅުވައެއް ނުލެވޭނެ. އެންމެންނަކީ ސިޔާސީންގެ އަޅުންނެއް ނޫން.

  6. ގަމު މީހާ

    އަންނި އޮތީ ޔާމިނު ދެކެ ބިރުން ރާއްޖެއިން ބޭރުގަ، ވަޒީފާ ގެއްލިދާނެ ކމުގެ ބިރު އޮވެވެސް ޔާމީން އާ އިދިކޮޅައް ނިކުތީ މިދެރަ ނިކަމެތި ރައްޔިތުން، އަދި އިބޫ ފައިސަލް ހޮވިފަ ތިބީވެސް ރައްޔިތު މީހާ ވޯޓް ކަރުދާހުގަ ޖެހި ފާހަގަ އަކުން، ގިނަ ބަޔަކު ވޯޓްލާފަ ވަނީ އެމްޑީޕީ ސަރުކާރު ވަކި ރަނގަޅު ވާނެ ކަމުގެ އުންމީދުގައެއްވެސް ނޫން، ބޭނުންވީ ޔާމިނު ގެ ވެރިކަން ނިމުމަކައް ގެންނަން. ސިޔާސީ ކޮންމެ ޕާޓީ އަކަސް ވައުދައްވެ ހުވަފެން ދައްކާ ވެރިކަން ލިބުނީމަ ޖަހާނީ ހަމަ އެއްސަކަރާތެއް ކަން ރައްޔިތުންނައް މިހާރު އެނގޭ..