ޚަބަރު

ރާއްޖެއަށް ގެންނާނީ ރައްކާތެރިކަން ކަށަވަރުކުރެވިފައިވާ ވެކްސިން: އެޗްޕީއޭ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ރާއްޖެއަށް ގެންނާނީ ރައްކާތެރިކަން ކަށަވަރުވެފައިވާ ކޮވިޑް-19 ވެކްސިން ކަމުގައި ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ހާމަކޮށްފިއެވެ.

Ads by Sosun Fihaara

އެޗްޕީއޭއިން މިހެން ބުނެފައި މިވަނީ މާދަމާ މެންދުރު އިންޑިއާގެ ކޮވިޝީލްޑް ވެކްސިން ރާއްޖެ ގެންނަ ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓުކުރުމާ ގުޅިގެން އެކަމަށް ގިނަ ބަޔަކު ފާޑުކިޔަމުން އަންނަ ދަނޑިވަޅެއްގައެވެ. ގިނަ ބަޔަކު އަންނަނީ ކޮވިޝީލްޑް ވެކްސިނަށް ހުއްދަ ދީފައި ވަނީ ބަލަން ޖެހޭ ރައްކާތެރިކަމުގެ މިންގަނޑުތައް ރަނގަޅަށް ބެލުމެއްނެތި ކަމަށް ޑޮކްޓަރުންގެ ބުނަމުން އަންނަ ކަން ފާހަގަކޮށްފައެވެ.

އެޗްޕީއޭއިން މިއަދު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ކޮވިޑް-19 ގެ ބަލިމަޑުކަމުން ރައްކާތެރިވުމަށް ރާއްޖޭގައި ބޭނުންކުރާ ވެކްސިނަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ މިންގަނޑުތަކަށް ފެތޭ ވެކްސިނަކަށް ވާނެ ކަމަށެވެ. އަދި އެ ވެކްސިނެއްގެ ރައްކާތެރިކަމުގެ މިންގަނޑުތައް ބަލާ ކަށަވަރު ކުރާނެ ކަަމަށް ކަަމަށްވެސް ބުންޏެވެ. އަދި އެ ވެކްސިނަކަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ހުއްދަ އޮންނާނެ ކަމަށާއި ވެކްސިން ޖެހުމުން އަންނަ ސައިޑް އިފެކްޓްތަކަށް ރަނގަޅަށް ބަލާނެ ކަމަށް ވެސް ބުނެފައި ވެއެވެ.

އިންޑިއާއިން ރާއްޖެއަށް ދޭން ނިންމާފައި ވަނީ ކޮވިޑް19އަށް އުފައްދާފައިވާ ވެކްސިންގެ 1 ލައްކަ ޑޯޒް ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެއެވެ. އެގޮތުން ސީރަމް އިންސްޓްޓިއުޓް އޮފް އިންޑިއާއިން އުފައްދާފައިވާ އޮކްސްފޯރޑް - އެސްޓްރެޒެނެކާގެ ކޮވިޑް ޝީލްޑް ވެކްސިން ރާއްޖެ ގެނައުމަށް ހަމަޖެހިފައިވާ ކަމަށާއި ވެކްސިން ރާއްޖެއަށް ލިބޭނީ މާދަމާ ރާއްޖޭ ގަޑިން 1400 ގައި ކަމަށް ވެސް އިންޑިއާގެ ބައެއް ނޫސްތަކުގައި ވަނީ ރިޕޯޓު ކޮށްފައެވެ.

ނަމަވެސް ރާއްޖެއަށް ގެންނަން އުޅޭ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނާ ވެކްސިންގެ އެެއްވެސް މައުލޫމާތެއް ދިވެހި ސަރުކާރުން ވެސް އަދި އެޗްއީއޯސީން ވެސް ހާމަ ކޮށްފައެއް ނުވެއެވެ.

ރާއްޖެއަށް ބޭނުންވާ ކޮވިޑް-19 ވެކްސިން ވަރަށް އަވަހަށް އިންޑިއާއިން ފޯރުކޮށްދޭނެ ކަމަށް އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު ވަނީ މިހަފްތާގެ ތެރޭގައި ވިދާޅުވެފައެވެ.

ނަމަވެސް ރާއްޖެއަށް ގެންނަން އުޅޭ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނާ ވެކްސިންގެ އެެއްވެސް މައުލޫމާތެއް ދިވެހި ސަރުކާރުން ވެސް އަދި އެޗްއީއޯސީން ވެސް ހާމަ ކޮށްފައެއް ނުވެއެވެ.

ރާއްޖެއަށް ބޭނުންވާ ކޮވިޑް-19 ވެކްސިން ވަރަށް އަވަހަށް އިންޑިއާއިން ފޯރުކޮށްދޭނެ ކަމަށް އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު ވަނީ މިހަފްތާގެ ތެރޭގައި ވިދާޅުވެފައެވެ.

Ads by Allied Insurance
  1. ބޭރި

    ޢިންޑިޔާގަ ސާފުކުރާ މީހުން ގަޔަށް ޖަހާފަ ހުރި ބާކީ

  2. ކަމަނަ

    ކާކުތ ގަބޫު ކުރާީ ތިޔ ވާހަަކަ

  3. ކައްޑައްދެވި

    މަ ގަބޫލުކުރާނީ 2 ނަޒުލާ ގަޔަށާ ރައީސް ޞާލިހް އާ ހެލްތުމިނިސް ޓްރީގެ ބޮޑުން ގަޔަށް ޖެހީމަ ރަނގަޅަށް ވެއްޖިއްޔާ މި މީހުންނަށް ގެންނާނީ ވަކި ޚާއްސަ ވެކްސިނެއް