ޚަބަރު

އިންތިޚާބަށްވުރެ ޞިއްހަތާއި، ޤައުމީ މަސްލަހަތު އިސްކުރުން މުހިންމު: އިލެކްޝަންސް

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ކޮވިޑް-19 އާ ގުޅިގެން ފަސްކޮށްފައިވާ ލޯކަލް ކައުންސިލް އިންތިހާބު، އަވަސްކޮށް، ލަސްކުރުމުގެ އެއްވެސް މަސްލަހަތެއް އިލެކްޝަންސް ކޮމިޝަނަކު ނެތްކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

Ads by MWSC

އިންތިޚާބާއި ބެހޭ ޤާނޫނަށް މަޖިލީހުން ގެނައި ބަދަލުތަކާއެކު އިލެކްޝަންސް ކޮމިޝަންގެ ޤައުމީ މަޖިލީހުގައި ވަނީ އިންތިޚާބު ބާއްވާނެ ތާރީޚަކާއި، ހުރި ގޮންޖެހުންތަކާއި ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާ ކުރުމަށް ބައްދަލުވުމެއް ބާއްވާފައެވެ.

އެގޮތުން މިވަގުތު މިބަލީގެ ހައްލެއް ކުރިމަތީގައި ފެންނަން އޮއްވާ ޞިއްޙީ އިތުރު ނުރައްކަލެއް ނުވަތަ ރިސްކެއް ނުނަގައި ޤައުމީ މަސްލަހަތު އިސްކުރުމަކީ މުހިންމު ކަމެއް ކަން އިލެކްޝަންސް ކޮމިޝަނުން ވަނީ ފާހަގަކޮށްފައެވެ.

އެޗްޕީއޭއިން އިންތިހާބާ މެދު އެކުލަވާލި ގައިޑްލައިނުގައި ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކުރި ނަމަވެސް މިހާލަތުގައި އެޗްޕީއޭއިން ވެސް އަދި ރައްޔިތުން ވެސް އެންމެބޮޑަށް ވިސްނާނީ ރައްޔިތުންގެ ޞިއްހީ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކަމަށްވާއިރު، އެޗްޕީއޭގެ ނިންމުންތަކަށް އިޙްތިރާމު ކުރާނެ ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

އަދި އިންތިޚާބު ބޭއްވުމާއި އިންތިޚާބު އަވަސް ކުރުމާއި، ލަސްކުރުގެ އެއްވެސް މަސްލަހަތެއް އިލެކްޝަންސް ކޮމިޝަންގައި ނެތް ކަމަށް އެ ކޮމިޝަންގެ މެންބަރު ފުވާދު ތައުފީގު ވިދާޅުވިއެވެ.

"ކޮންމެއަކަސް އިލެކްޝަންސް މިހާރު މިއޮތީ އެއްއަހަރަށް ލަސްވެފަ. އަދި އިތުރަށް ދޮޅުމަސް، ނުވަތަ ދެމަސް ލަސްވުމަކުން އަޅުގަނޑަށް ނުފެނޭ މާބޮޑު ގެއްލުމެއް ވެދާނެކަމަށް ރާއްޖެއަކަށް. މިއޮތް ރިސްކު އަނެއް އަތަށް އަޅާފަ އަނެއް އަތަށް އިންތިޚާބު އަވަސް ކުރުން އެއީ ރަނގަޅު ގޮތެއް ނޫން. ޞިއްހަތުގެ ރިސްކަކަށް ދިއުމަށްވުރެ އިންތިޚާބު ލަސްކުރުން ރަނގަޅުކަމަށް ފެންނަނީ" ފުއާދު ވިދާޅުވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!