ދީން

އިސްލާމްދީން ގަބޫލުކުރުމުން އާއިލާއާއި ގެ ދޫކޮށްލަން ޖެހުނު އިނގެރޭސި ވިލާތުގެ އުޚުތާ: އަހަރެންގެ ބެލެހެއްޓުންތެރިއަކީ ﷲ ތަޢާލާ 

އާއިޝަތު އަލީނާ ، ދެން އޮންލައިން

މި ވާހަކައަކީ ޝައިޚް ފަހަދު އަލްކަންދްރީއަށް ދިން ބަސްދީގަތުމެއްގައި އިނގެރޭސި ވިލާތުގެ އުޚުތަކު ކިޔައިދީފައިވާ ވާހަކައެކެވެ.

އެ އުޚުތާ ކިޔައިދިން ގޮތުގައި އޭނާ އިސްލާމްދީން ގަބޫލު ކުރިތާ އެންމެ 2 ގަޑިއިރު ތެރޭ ހުރިހާ އެއްޗެއް ގެއްލިގެން ދިޔައެވެ. ގެއިން ނެރެ ، އޭނާއަކީ ދަރިއެއް ނޫންކަމަށް މައިންބަފައިން އެންގި ކަމަށާއި މުޅި ދިރިއުޅުން އެފުށް މިފުށަށް ޖެހިގެން ދިޔަ ކަމަށް އެ އުޚުތާ ކިޔައިދިނެވެ. މައިންބަފައިންނާއި ބޭބެއިންނާއި ކޮއްކޮއާ ދައްތައިން ގެއްލިފައި ވަނިކޮށް އެ ޙާލަތުގައި އޭނާއަށް އެހީތެރިވެ ދިނީ އޭނާ އަޅުކަން ކުރުމަށް ދިޔަ ބާމިންހަމްގެ މިސްކިތެއްގެ މުސްލިމުން ކަމަށް ވެސް އުޚުތާ ކިޔައިދިނެވެ.

އުޚުތާ ބުނީ މުސްލިމުންނަކީ އެއް އާއިލާއެއް ކަމަށާއި ، އެމީހުންގެ އެހީތެރިކަން ނުލިބުނު ނަމަ ޑިޕްރެޝަންގައި އޭނާގެ ޞިއްހަތަށް ނުރައްކާވީސް ކަމަކަށެވެ. އެގޮތުން ބަލިވެއިނދެ ދަރިއެއް ލިބުނު އިރު ވެސް އާއިލާގެ މީހެއް ގާތުގައި ނެތް ވާހަކަ އުޚުތާ ކިޔައިދިނީ ރޮމުން ގިސްލަމުންނެވެ. އަދި ދެއަހަރު ކުރީން ، އޭނާ އިސްލާމް ދީން ގަބޫލުކުރި ފަހުން އާއިލާގެ އެއްވެސް މީހެއް އޭނާއާ ވާހަކަ ނުދައްކާ ކަމަށް އުޚުތާ ކިޔައިދިނެވެ.

އުޚުތާ ބުނީ މިހާރު އޭނާ ކުރަމުންދާ މަސައްކަތަކީ އެފަދަ ދަތި ހާލު ޖެހޭ މީހުންނަށް ހިތްވަރުދީ އެމީހުންނަށް އެހީތެރިވުން ކަމަށެވެ. އަދި އެއީ މީގެ ދެއަހަރު ކުރީން އޭނާ ވެސް އުޅެމުން ދިޔަ ހާލު ކަމަށާއި އޭނާ ވެސް އަމިއްލަ ނަފްސަށް ކުރި ސުވާލަކީ އިސްލާމްވުމުގެ ބޭނުމަކީ ކޮބައިތޯ ކަމަށެވެ. ނަމަވެސް އެ ސުވާލުގެ ޖަވާބު ވަރަށް ސާފު ކަމަށާއި އޭނާއަށް ﷲ ތައާލާ ބޭނުން ކަމަށް އުޚުތާ ކިޔައިދިނެވެ. އަދި މަންމައެއް ބައްޕައެއް އޭނަގެ ނެތް ކަމަށާއި އޭނާގެ ހުރިހާ ވެސް މަދަދުވެރިއަކީ ، އަދި ބެލެހެއްޓުންތެރިއަކީ ﷲ ތަޢާލާ ކަމަށް އުޚުތާ ކިޔައިދިނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!