ޚަބަރު

އަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 60،000 އަށް

ރައުފާ ރަޝީދު ، ދެން އޮންލައިން

މި އަހަރުގެ މިހާތަނަށް 60،000 އަށް ވުރެ ގިިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.

Ads by MWSC

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މި އަހަރުގެ މިހާތަނަށް އެއްދުވަހަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައި ވަނީ ޖެނުއަރީ މަހުގެ ތިން ވަނަ ދުވަހުއެވެ. އެދުވަހު4195 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ.

މިހާތަނަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އަންނަމުން ދަނީ ރަޝިއާއިންނެވެ. ބޯޑަރު ހުޅުވާލިފަހުން ރަޝިއާއިން ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު އިތުރުވެ ރާއްޖޭގެ ޓޮޕް އިންބައުންޑް މާކެޓަކަށް ރަޝިއާ ވެފައިވާ ކަން ވެސް މީގެ ކުރިން ޓޫރިޒަމް މިނިސްޓްރީން ވަނީ އާންމުކޮށްފައެވެ. ޖެނުއަރީ މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް އެގައުމަށް ނިސްބަތްވާ 13,880 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ޖެނުއަރީ މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް 60,581 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެމިނިމުނު ހަފްތާގައި އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ އާދިއްތަ ދުވަހުއެވެ. އެ ދުވަހު 3581 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ.

އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އައިސްފައިވާ ގައުމުތަކުގެ ތެރޭގައި ރަޝިއާ، އިންޑިއާ، ފްރާންސް، އެމެރިކާ، ޖަޕާން އަދި ސްވިޒަލޭންޑް ހިމެނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!