ޚަބަރު

ސުޕްރީމް ކޯޓުން ރައީސް ޔާމީނަށް އިންސާފު ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް- ޖަމީލު

ރައުފާ ރަޝީދު ، ދެން އޮންލައިން

ސުޕްރީމް ކޯޓުން ރައީސް ޔާމީނަށް އިންސާފު ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

Ads by MWSC

ޖަމީލު ވިދާޅުވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ރައީސް ޔާމީންއަށް އިންސާފު ލިބޭނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އޮތް ކަމަށް ޖަމީލް ވިދާޅުވެފައި މިވަނީ ގއ. ވޮޑަމުލާގެ އެކުއިޒިޝަންކޮސްޓް ލޯންޑަރ ކުރި މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމް ހައިކޯޓުން ދެމެހެއްޓުމާ ގުޅިގެންނެވެ.

“އިރާދަކުރެއްވިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ރައީސް ޔާމީނަށް އިންސާފު ލިބޭނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް، ކަށަވަރުކަމެއް އޮތް ވާހަކަ އަޅުގަނޑު ދަންނަވާލަން ބޭނުންވޭ" ޖަމީލު ވިދާޅުވިއެވެ.

ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށާއި ހަ މަސް ދުވަހުގެ ތެރޭގައި ފަސް މިލިއަން ޑޮލަަރުގެ ޖޫރިމަނާއެއް މީރާއަށް ދެއްކުމަށް ހުކުމް ކުރީ 2019 ވަނައަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު ގައެވެ.

އެމަނިކުފާނުގެ މައްޗަށް ދައުލަތުން ކުރަނީ މަނީ ލޯންޑްރިންގެ ދައުވާއެވެ. ޔާމީންގެ މައްޗަށް ދައުލަތުން މަނީ ލޯންޑްރިންގެ ދައުވާ ކުރަނީ އެމަނިކުފާނުގެ ނަމުގައި އޮތް އެކައުންޓަކަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތުގެ ފައިސާ ދަައުރުކުރި ކަމަށް ތުހުމަތު ކުރެވޭ އެސްއޯއެފް ކުންފުނިން އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލައިގައެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުއްޤައްޔޫމް 5 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުން ވަނީ ދަމަހައްޓާފައެވެ. ކްރިމިނަލް ކޯޓުން ރައީސް ޔާމިންގެ މައްޗަށް ކޮށްފައިވާ ހުކުމް ދަމަހައްޓާފައިވާއިރު، ހައިކޯޓުގެ އިސް ގާޒީ ހުސައިން މަޒީދު ވިދާޅުވީ ކްރިމަނަލް ކޯޓުން ކޮށްފައިވާ ހުކުމް އިސްތިއުނާފު ކުރުމަށް ހައިކޯޓަށް ހުށައަޅާފައިވާ ނުކުތާތަކަށް ރިއާޔަތްކޮށް އެ ޙުކުމަށް ބަދަލު ގެންނަން ޖެހޭ ޝަރުއީ އަދި ގާނޫނީ ސަބަބެއް އޮތްކަމަށް ނުފެންނަ ކަމަށެވެ.

ޖަމީލު ވަނީ މި މައްސަލައިގައި ދަށު ކޯޓުން އިއްވި ހުކުމް ދަމަހައްޓަން ރައުޔު ނެރުއްވި ހައިކޯޓުގެ ދެ ފަނޑިޔާރުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ޖަމީލު ވިދާޅުވީ، މި މައްސަލައިގައި އިޖުރާއީ ގޮތުންނާއި މައުޟޫއީ ގޮތުން ދަށު ކޯޓުން ހަދާފައިވާ ގޯސްތައް ފަނޑިޔާރު ޝަހީދުގެ ރައުޔުގައި ފާހަގަ ކުރައްވާފައިވާ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!