ދުނިޔެ

މި މީހާ 31 ފަހަރު ކޮވިޑް-19އަށް ޓެސްޓު ކުރި އިރު ވެސް ފައްސި

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

އިންޑިއާގެ ރާޖަސްތާންގެ އަވަށެއްގައި ދިރިއުޅޭ މި އަންހެން މީހާ އެންމެ ފުރަތަމަ ކޮވިޑް-19 އަށް ޓެސްޓު ކުރީ މީގެ 5 މަސް ކުރިންނެވެ. އެއީ ކޮވިޑް-19އަށް އޭނާ ފައްސިވީ ފުރަތަމަ ފަހަރެވެ.

Ads by Sosun Fihaara

އޭގެ ފަހުން އޭނާ ވަނީ 31 ފަހަރަށް ކޮވިޑް-19އަށް ޓެސްޓު ކޮށްފައެވެ. އަދި އެއިން ކޮންމެ ފަހަރަކު ވެސް އޭނާގެ ޓެސްޓުގެ ނަތީޖާ ވަނީ ފައްސިވެފައެވެ.

އެ އަވަށުގައި ހުންނަ ހޮސްޕިޓަލެއް ކަމަށްވާ އާރްބީއެމް ހޮސްޕިޓަލުގެ ޑޮކްޓަރުން ވެސް މިކަމާ ތިބީ ހައިރާންވެ އެހާމެ ކަންބޮޑު ވެސް ވެފައެވެ. އެހެންކަމުން އާރްބީއެމް ހޮސްޕިޓަލުގެ މެނޭޖްމަންޓުން ވަނީ އިންޑިއާގެ ޖެއިޕޫރުގައި ހުންނަ އެސްއެމްއެސްގައި މަސައްކަތް ކުރާ ޑޮކްޓަރަކަށް އެ މައްސަލަ ބެލުން ހަވާލު ކޮށްފައެވެ.

މި އަންހެން މީހާ އެންމެ ފުރަތަމަ ކޮވިޑަށް ޓެސްޓު ކުރެވުނީ 28 އޯގަސްޓް 2020ގައެވެ. އަދި އެދުވަހަށްފަހު އޭނާ ކޮވިޑް-19ގެ ބަލިން ރަނގަޅު ވެފައެއް ނުވެއެވެ. ޓެސްޓު ކުރާ ކޮންމެ ފަހަރަކު ވެސް އޭނާ ވަނީ ފައްސިވެފައެވެ. އެހެންކަމުން އޭނާގެ ނަފްސާނީ ހާލަތު ރަނގަޅު ނޫންކަމަށް ރިއާޔަތް ކޮށް އޭނާއާއެކު އިތުރު މީހަކު މަޑު ކުރުމަށް ވެސް ޑޮކްޓަރުން ވަނީ ހުއްދަ ދީފައެވެ. އަދި މިހާރު އޭނާ ދުވަސްތައް ހޭދަކުރަމުން ދަނީ ކަރަންޓީން ފެސިލިޓީއެއްގައެވެ.

މިހާތަނަށް ކުރެވުނު 31 ޓެސްޓުން ވެސް އޭނާ ފައްސިވެފައިވާއިރު ފަތްޕިލާވެލީގެ ބޭހުގެ އިތުރުން ޑޮކްޓަރީ ބޭސްތައް ވެސް އޭނާއަށް ދެމުން ގެންދެއެވެ. އޭނާގެ ހާލަތާ ގުޅުގެން ޑޮކްޓަރުން އެންމެ ހައިރާންވާ ކަމަކީ، އޭނާ އެހާ ގިނަ ދުވަސްތަކެއް ވަންދެން ފައްސިވެފައި ހުރި އިރު ވެސް އޭނާގެ ފަރާތުން މާބޮޑު ބަލިކަމެއް ނުފެންނާތީއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!