މާލޭގެ ފިހާރައަކުން ވައްކަން ކުރަން އުޅުނު ބަޔަކު ހައްޔަރު ކޮށްފި

ގަލޮޅުގައި ހުރި ފިހާރައަކުން ވައްކަން ކުރަން އުޅުނު ހަތަރު މީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން ވިދާޅުވީ ގަލޮޅުގައި ހުރި ފިހާރައަކުން ވައްކަން ކުރަން އުޅުނު ހަތަރު މީހަކު ހައްޔަރުކޮށް މިމައްސަލަ ތަހުގީގު ކުރަން ފަށައިފައިވާ ކަމަށެވެ.
މިމައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައި ވަނީ 34 އަހަރުގެ ފިރިހެނަކާއި 43 އަހަރުގެ ތިން ފިރިހެނުންނެވެ. މިމީހުން ހައްޔަރު ކޮށްފައި ވަނީ ގަލޮޅު ފިހާރައެއްގެ ތެރޭގައި ބަޔަކު އުޅޭކަމަށް ރޭ 04:10 އެހާކަންހާއިރު ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެވަގުތު މާލެތެރެ ޕެޓްރޯލް ކުރުމުގައި ހަރަކާތްތެރި ވަމުން ދިތަ ފުލުހުން ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
މިމީހުން ހައްޔަރުކޮށް ބަލައި ފާސްކުރިއިރު ފިހާރައިން ވަގަށް ނަގާފައިވާ ސިނގިރޭޓް ކާޓޫންތަކެއްގެ އިތުރުން އެނަރޖީ ޑްރިންކްސްތަކަކާއި 3900 އަށްވުރެ ގިނަ ރުފިޔާ އެމީހުންގެ އަތުން ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މިމައްސަލަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.