ޚަބަރު

ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ޑިޕާޓްމަންޓްގެ ވެރިއަކަށް ހޫދު

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް އޮފީސް ހިންގެވުމުގެ ޒިންމާތައް އެ އޮފީހުގެ ޗީފް ކޮމިއުނިކޭޝަންސް ސްޓްރެޓަޖިސްޓް އިބްރާހީމް ހޫދާ މިއަދު ޙަވާލު ކުރައްވައިފިއެވެ.

Ads by STELCO

މިބަދަލާ ގުޅިގެން، ކޮމިއުނިކޭޝަންސް އޮފީހުގެ އެންމެހައި މަސައްކަތްތައް ބަލަހައްޓަވައި، ވިލަރެސް ކުރައްވާނީ ހޫދުގެ ބެއްލެވުމުގެ ދަށުން ކަމަށް ރައީސް އޮފީހުން މައުލޫމާތު ދީފައިވެއެވެ.

ރައީސް ޞާލިޙު މި ބަދަލު ގެންނަވާފައި ވަނީ، ރައީސް އޮފީހުގެ ސެކްރެޓަރީ ކޮމިއުނިކޭޝަންސް ގެ މަޤާމު ފުރުއްވަމުން ގެންދެވި ޙަސަން އިސްމާޢީލް، އެ މަޤާމުން އިސްތިޢުފާ ދެއްވުމާ ގުޅިގެންނެވެ. ޙަސަން އިސްމާޢީލް އެ މަޤާމުން އިސްތިއުފާ ދެއްވާފައި ވަނީ 2021 ޖަނަވަރީ 24 ވަނަ ދުވަހުއެވެ.

ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ޑިޕާޓްމަންޓްގެ ވެރިއަކަށް ހޫދު މިއަދު ހަމަޖައްސަވާފައިވާއިރު، އެމަނިކުފާނު މީގެ ކުރިން ވަނީ އެއޮފީހުގެ ތަރުޖަމާނު ކަމުގެ މަގާމު ވެސް އަދާ ކުރައްވާފައެވެ. ނަމަވެސް ފަހުން ރައީސް ޞާލިޙު ވަނީ އެމަގާމަށް މަބްރޫކް އަޒީޒު އައްޔަން ކުރައްވާފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!