ޚަބަރު

އިދިކޮޅު މުޒާހަރާ އިން ހައްޔަރުކުރި އެންމެން ދޫކޮށްލައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ލޯކަލް ކައުންސިލް އިންތިހާބު އަވަސް ކުރުމަށް ގޮވާލާ އިދިކޮޅު ޕީޕީއެމް/ޕީއެންސީ އިން ކުރި މުޒާހަރާގެ ތެރެއިން ހައްޔަރުކުރި އެންމެން ދޫކޮށްލައިފިއެވެ.

Ads by MWSC

އެ މުޒާހަރާގެ ތެރެއިން 24 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އޭގެތެރޭގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އާއި އެ ޕާޓީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވެސް ހިމެނެއެވެ. ލޯކަލް ކައުންސިލް އިންތިހާބު އަވަސް ކުރުމަށް ގޮވާލާ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ލީޑަޝިޕުންނާއި ސަޕޯޓަރުން މަގުމައްޗަށް ނުކުމެ ފުރަތަމަ އިހުތިޖާޖު ކޮށްފައިވަނީ މިމަހުގެ 25 ވަނަ ދުވަހުއެވެ.

އިދިކޮޅު ލީޑަޝިޕްގެ ބައެއް ބޭފުޅުންނާއި ގިނަ އަދަދެއްގެ ސަޕޯޓަރުން ޕީޕީއެމް ގެ ދިދަ ހިފައިގެން އިއްޔެ ވަނީ ނުކުމެފައެވެ. އިހުތިޖާޖުގެ ބައިވެރިން ގޮވާލާފައި ވަނީ އިންތިހާބު އަވަސް ކުރުމަށާއި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިނިވަން ކުރުމަށެވެ.

މި އިހުތިޖާޖުގެ ތެރެއިން ފުލުހުން ވަނީ ބައެއް ފަރާތްތަށް ފުލުހުންގެ ބެލުމުގެ ދަށަށް މިއަދު ގެންގޮސްފައެވެ. އޭގެތެރޭގައި އަދުރޭ އާއި ޝުޖާއު ގެ އިތުރުން، ކައުންސިލު މެންބަރ ނަރީޝް، ކައުންސިލު މެންބަރ އަމްސޫދާ މުޙައްމަދު، ކައުންސިލު މެންބަރ ޝަހީދު އިބްރާހިމް، ކައުންސިލު މެންބަރ އައިމިނަތު ފަޒްލާ އަދި ބައެއް ސަޕޯޓަރުން ވެސް ހިމެނެއެވެ.

އިދިކޮޅު ކޯލިޝަނުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ މުޒާހަރާގެ ތެރެއިން ހައްޔަރުކުރި އެންމެން މިހާރު ދޫކޮށްލާފައިވާ ކަމަށެވެ. ކައުންސިލް އިންތިހާބު ބޭއްވުމަށް ގޮވާލައި އިދިކޮޅުން މުޒާހަރާ ކޮށްފައިވާއިރު، އިންތިހާބު ބާއްވާނެ ތާރީހެއް އިއުލާން ކުރުމަށް އިލެކްޝަންސް ކޮމިޝަނުން އަންނަނީ ތައްޔާރުވަމުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!