ޚަބަރު

އިންތިޚާބުގައި ވާދަކުރާ ސިވިލް ސާވަންޓުން ހުކުރު ދުވަހުން ފެށިގެން މަގާމުތަކުން ސަސްޕެންޑު ވާނެ: އީސީ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

އަންނަ އޭޕްރިލް މަހުގެ 10 ވަނަ ދުވަހު ބާއްވަން ތާވަލް ކޮށްފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބަށް ވާދަ ކޮށްފައިވާ ސިވިލް ސާވިސްގެ މުވައްޒަފުން، އެ މީހަކު އަދާކުރާ ވަޒީފާއަކުން އަންނަ ހުކުރު ދުވަހުން ފެށިގެން ސަސްޕެންޑު ވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން (އީސީ)ން ބުނެފިއެވެ.

Ads by MWSC

އޭޕްރިލް މަހުގެ 10 ވަނަ ދުވަހު އިންތިހާބު ބާއްވަން ކަނޑައަޅައި ނިންމާފައި ވަނީ މިއަދުއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަނުގެ އާ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ، އިންތިޚާބުގައި ވާދަކުރާ ސިވިލް ސާވަންޓުން މި މަހުގެ 29 އިން ފެށިގެން މަގާމުތަކުން ސަސްޕެންޑު ވާނެ ކަމަށެވެ.

"ސަންސެޓް ގާނޫނުގެ 6 ވަނަ މާއްދާގެ (ރ) ގައި ބުނޭ ކޮން އިރަކުންހޭ ސަސްޕެންޝަން އުވާލާފައި އަލުން ސަސްޕެންޑު ވާނީ. އެ ބޭފުުޅުން މިހާރު އަނެއްކާ ސަސްޕެންޑު ވާނީ 29 ޖެނުއަރީ 2021 ގައި. އެ ދުވަހުން ފެށިގެން އިންތިހާބުގައި ވާދަކުރާ ސިވިލް ސާވިސްގެ ހުރިހާ މުއައްޒަފުން ސަސްޕެންޑު ވޭ،" ހަބީބު ވިދާޅުވި އެވެ.

ގާނޫނު އަސާސީގައިވާ ގޮތުން އިންތިހާބަށް ކުރިމަތިލާ ސިވިލް ސާވަންޓު މުވައްޒަފުން މަގާމުން ސަސްޕެންޑު ވާނެއެވެ.

މިދިޔަ އަހަރު އިންތިހާބަށް ކުރިމަތިލުމަށް ފޯމު ހުށަހެޅި 204 ސިވިލް ސާވަންޓަކު މަގާމުތަކުން އޭރު ސަސްޕެންޑުވި ވެސް، އިންތިހާބު ލަސްކުރުމާ ގުޅިގެން އެ މީހުންގެ ސަސްޕެންޝަން ވަނީ އުވާލާފައެވެ.

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!