ޚަބަރު

އިންތިޚާބުގެ ތާރީޚު ކަނޑައެޅުމުގެ ބާރު އިލެކްޝަނަށް އޮތް ނަމަ މި ދަނޑިވަޅުގައި ނުބާއްވާނަން: ޝަރީފް

ރައުފާ ރަޝީދު ، ދެން އޮންލައިން

ލޯކަލް ކައުންސިލް އިންތިޚާބު ބާއްވާނެ ތާރީޚު ކަނޑައެޅުމުގައި އިލެކްޝަންސް ކޮމިޝަނަށް ބާރު އޮތް ނަމަ ކޮވިޑް-19އާ ގުޅިގެން ރާއްޖެ މިހާރު މިއޮތް ބަލިމަޑުކަމުގެ ހާލަތުގައި އިންތިޚާބު ނުބާއްވާނެ ކަމަށް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

Ads by STELCO

“ރާއްޖެ ޓީވީ”ގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގެ ގާނޫނީ އެއްވެސް ބާރުވެރިކަމެއް އޮތް ނަމަ އިންތިޚާބު ޚަރަދު ބޮޑު އިންތިޚާބެއްގެ ގޮތުގައެއް ކުރިޔަށް ނުގެންދާނެ ކަމަށެވެ.

ޝަރީފް ވިދާޅުވީ ރާއްޖެއަށް ވެކްސިން އައިސްފައިވާއިރު ވެކްސިން ދިނުމުގެ މަސައްކަތް ފެށި އަންނަ ޖޫން މަހާ ހަމައަށް ކޮވިޑް-19ގެ ހާލަތު މަޑުޖެހިލަންދެން އިންތިޚާބު ފަސްކޮށްލުން އެއީ އެންމެ ރަނގަޅު ގޮތްކަމުގައި ދެކޭ ކަމަށެވެ.

ފަސް ކޮށްފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީގެ ކޮމިޓީތަކުގެ އިންތިހާބު އަންނަ އޭޕްރިލް މަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން އިއްޔެ ވަނީ ކަނޑައަޅާފައެވެ.

ކައުންސިލް އިންތިހާބަށާއި އަންހެނުންގެ ތަރައްގީގެ ކޮމިޓީތަކުގެ އިންތިހާބަށް އެކުލަވާލާފައި އޮންނަ ގައުމީ ލަފާ ދޭ ކޮމިޓީއިން އިއްޔެ ބޭއްވި ބައްދަލުވުމުގައި އީސީގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ، އިންތިހާބުގެ ވަގުތީ ގާނޫނުގައިވާ ގޮތުން މެއި މަހުގެ ނުވަ ވަނަ ދުވަހަށް ވުރެ ފަހުގެ ތާރީޚެއްގައި އިންތިހާބު ބޭއްވުމުގެ ބާރެއް އީސީއަށް ލިބިފައިނުވާ ކަމަށް އެ ކޮމިޝަންގެ ލީގަލް ޓީމުން ލަފާ ދީފައިވާ ކަމަށާއި އޭގެ ކުރީ ތާރީޚެއް އިއުލާން ކޮށްފިނަމަ، މަޖިލީހުގެ ރުހުން ހޯދައިގެން ފަސް ކުރަން އޮތް ފުރުސަތު ގެއްލޭ ކަމަށެވެ.

ކައުންސިލް އިންތިޚާބަށް ސިޔާސީ ޕާޓީތަކާއި އަމިއްލަ ގޮތުން 4،172 އަށް ވުރެން ގިނަ މީހުން ކުރިމަތިލާފައިވާއިރު، މިހާތަނަށް 100 އަށް ވުރެން ގިނަ ކެންޑިޑޭޓަކު ވަނީ ނަން އަނބުރާ ނަގައިފައެވެ.

Ads by PNC
  1. ދިރާސާ

    ސިވިލްސަރވިސް ގައި ހިމެނޭ އިންތިޚާބުގެ ކެންޑިޑޭޓުން ކުރިންވެސް ސަސްޕެންޝަން އަދި މިހާރުވެސް އަންނާނީ ސަސްޕެންޝަން ދެކޮޅުން ގެއްލުން އެކަމަކު ކައުންސިލަރުން ގޮތުގައި މިހާރު ތިބި އިންތިޚާބުގެ ކެންޑިޑޭޓުން އެމީހުންގެ މުސާރައާއި މަސްޢޫލިއްޔަތުގައި ތިބެގެން ހެސްކިޔާފައި ކެމްޕެއިން، އިންސާފަކީ މިއީތީތޯ. ގާނޫނަކީ އެންމެން އޭގެ ކުރިމަތީގައި ހަަމަހަމަވާންޖެހޭނެ ގޮތަށް ހަދަންޖެހޭ އެއްޗެއް. އެކަމަކު މި އޮތް ދަތި ހާލަތުގައި އިންތިޚާބަށް ވާފަކުރާ ސިވިލްސަރޓުންނަށް މިޖެހޭ ހުސްގޮރާ މަސައްކަތްކުރަން. އާއިލާމީހުން އެވޫނުގައި ބައިތިއްބައިގެން. މިކަމާ އަޅެ ފަހެ ވިސްނާނެ އެއްވެސް ބަޔަކު ނެތް.