ޚަބަރު

ކެފޭ، ހޮޓާ އަދި ރެސްޓޯރެންޓް ހުޅުވާފައި ބެހެއްޓޭ ގަޑިތައް ބަަދަލުކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ސައިހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިއަކީ ފަތިހު 4:30 އިން ރޭގަނޑު 11:30 އަށް ކަމަށް ކަނޑައަޅައިފިއެވެ.

Ads by STELCO

މިކަން އިއުލާނު ކުރަމުން އިކޮނޮމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ހާއްސަ ފިޔަވަޅުތަކަށް ބަދަލު ގެނައުމާ ގުޅިގެން މިއަދުން ފެށިގެން ސައިހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިއަކީ ފަތިހު 4:30 އިން ރޭގަނޑު 11:30 އަށް ކަމަށެވެ.

އެމިނިސްޓްރީގެ ބަޔާނުގައި ބުނެފައި ވަނީ ހިދުމަތް ދިނުމަށް ވަގުތު އިތުރު ކޮށްފައި އޮތް ނަމަވެސް ކަސްޓަމަރުންނަށް ހުޅުވާލައިގެން ވިޔަފާރިކުރާ ސައިހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަނުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާ އުސޫލުތަކާ އެއްގޮތަށް އަމަލުކުރަން ވާނެ ކަމަށެވެ.

ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިއަށް މިމަހުގެ 24 ވަަނަ ދުވަހު ބަދަލު ގެނައުމަށްފަހު މިއަދު އަނެއްކާވެސް އެގަޑިތަަކަށް ބަދަލު މިގެނައީ، ފާއިތުވީ ތިން ދުވަހު ރާއްޖެއިން ކޮވިޑަށް ފައްސިވީ މީހުންގެ އަދަދު 100 އަށްވުރެ މައްޗަށް ދިޔުމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!