މެންބަރު ތޯރިގް އަދި ކުރީގެ މެންބަރު ހަލީލް ހައްޔަރުކޮށްފި
 
                                                    އިދިކޮޅު މުޒާހަރާގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގް (ޓޮމް) އަދި ނިލަންދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުالله ހަލީލް ހައްޔަރު ކޮށްފިއެވެ.
އިދިކޮޅު ކޯލިޝަނުގެ ތަރުޖަމާނު ހީނާ ވަލީދު ވަނީ މިކަން ހާމަ ކުރައްވާފައެވެ.
މި ދެމީހުން ހައްޔަރު ކުރި ނަމަވެސް މާ ގިނައިރު ތަކެއް ނުވެ ދެ މީހުން ވެސް ވަނީ ދޫކޮށްލާފައެވެ.
ތޯރިގު އާ ހަލީލުގެ އިތުރުން ވެސް މިއަދު ހަވީރު ބޭއްވި އެއްވުމުގެ ތެރެއިން ވަނީ 11 މީހަކު ހައްޔަރު ކޮށްފައެވެ.
މި އެއްވުމުގެ ތެރެއިން އެކަކަށް އަނިޔާވެ، ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ
 
 Ads by Allied Insurance
 
  
  
            
                     
            
                     
            
                    
 
		
 
		
 
		
 
		
