ޚަބަރު

އަދާލަތު ޕާޓީގެ ރައީސަކަށް އަނެއްކާވެސް އިމްރާން އިންތިހާބު ވެއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އަދާލަތު ޕާޓީގެ ރައީސަކަށް އަނެއްކާ ވެސް ޝެއިޚް އިމްރާން ޢަބްދުﷲ އިންތިހާބު ވެއްޖެއެވެ.

ސަރުކާރު ހިންގާ ކޯލިޝަނުގައި ވެސް ހިމެނޭ އަދާލަތު ޕާޓީގެ ރައީސަކަށް ހޯމް މިނިސްޓަރ އިމްރާން މިރޭ އިންތިހާބު ވެފައިވާއިރު، މިހާރު ވެސް އެޕާޓީގެ ރައީސަކަށް ހުންނެވީ އެމަނިކުފާނެވެ.

އަދާލަތު ޕާޓީގެ އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން، ވޯޓުލީ މީހުންގެ 84.6 އިންސައްތަ މީހުން ވޯޓުލާފައި ވަނީ އިމްރާނަށެވެ. އެއީ 921 ވޯޓެވެ.

މިއިންތިހާބުގައި އިމްރާނާ ވާދަ ކުރެއްވީ އިސްލާމިކް މިނިސްޓަރު އަހުމަދު ޒާހިރު ޢަލީ އެވެ. އެމަނިކުފާނަށް ލިބިވަޑައިގެންފައި ވަނީ 15.35 އިންސައްތަ ވޯޓެވެ. އެއީ 167 ވޯޓެވެ.

އަދާލަތު ޕާޓީގެ ރައީސަކު ހޮވަން ބޭއްވި މިއިންތިހާބުގައި 1088 މެންބަރުން ވޯޓު ލާފައިވެއެވެ. އެ ޕާޓީގެ އިންތިހާބުގައި ވޯޓުލުމުގެ ހައްޤު 6846 މެމްބަރުންނަށް ލިބިގެންވެއެވެ.

އަދާލަތު ޕާޓީގެ ރައީސްކަން އިމްރާން ކުރައްވަމުން ގެންދަވަނީ 2011 އިން ފެށިގެންނެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!