ޚަބަރު

ރޭގެ މާރާމާރީތައް: އެކަކުގެ ހާލު ސީރިއަސް

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

މާލޭގައި ރޭ ޖުމްލަ ހަތަރު މާރާމާރީއެއް ހިނގާފައިވާ ކަމަށާއި އެކަމާ ގުޅިގެން މިހާތަނަށް ފަސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

Ads by STELCO

ރޭ ހިނގައިދިޔަ ގުރޫޕު މާރާމާރީތަކުގައި ގިނަ ބަޔަކަށް އަނިޔާވެފައިވާއިރު، މީގެ ތެރެއިން އެކަކުގެ ހާލު ސީރިއަސްވެ އަންނަނީ އައިސީޔޫގައި ފަރުވާ ދެމުންނެވެ.

ރޭގެ ފުރަތަމަ މާރާމާރީ ގާތްގަނޑަކަށް 19:15 ހާއިރު ސަލްމާން މިސްކިތް ކައިރިން ހިންގައިފައިވާއިރު، ދެވަނަ މާރާމާރީއެއް އާސާރީ ހިނގުމުގައި ވެސް ވަނީ ހިންގާފައެވެ.  ދެވަނަ މާރާމާރީގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާ ދިން ކަމަށާއި އަނިޔާވި އުމުރުން 36 އަހަރުގެ މީހަކަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. ތިންވަނަ މާރާމާރީ ހިނގާފައިވަނީ ވިލިނގިލި ފެރީ ޓާމިނަލް ސަރަހައްދުގައެވެ.

މީގެ އިތުރުންވެސް ދަންވަރު 1:32 ގައި ވެސް ގ. މުތީ ގޯޅީގައި މީހަކަށް އަނިޔާވެ ވެއްޓިފައިވާ ކަމުގެ މައުލޫމާތު ލިބިގެން ބެލި ބެލުމުން ވެސް އޭނާއަށް އަނިޔާވެފައި ވަނީ ބަޔަކު މީހުން މާރަމާރީ ހިންގައިގެން ކަމަށާއި އެ މީހާގެ ބޯފަޅައިގެން ދިޔުމުގެ ސަބަބުން އޭނާއަށް ވެސް އައިޖީއެމްއެޗްގައި ފަރުވާ ދީފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!