މާމިގިލި ޕޮލިސް ސްޓޭޝަނުން ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

އދ. މާމިގިލި ޕޮލިސް ސްޓޭޝަން ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފިއެވެ.
ފުލުހުން ވިދާޅުވީ މާމިގިލިން ނައްތާލި ތަކެތީގެ ތެރޭގައި ހިމެނެނީ 37 މައްސަލައެއްގައި ހިމެނޭ އެކި ބްރޭންޑްތަކުގެ 62 ފުޅި ބަނގުރަލާއި 21 ދަޅު ބިޔަރު ހިމެނޭ ކަމަށެވެ. މި ތަކެއްޗަކީ 2020 އޮކްޓޯބަރު 11 ވަނަ ދުވަހުން ފެށިގެން 2021 ޖަނަވަރީ 31 ވަނަ ދުވަހުގެ ނިޔަލަށް ވިލާ އިންޓަނޭޝަނަލް އެއަރޕޯޓަށް ފުރަން ދިޔަ ފަތުރުވެރިންގެ އަތުން ހިފަހައްޓާފައިވާ ތަކެތި ކަމަށްވެސް ފުލުހުން ބުނެއެވެ.
ނައްތާލި ތަކެތީގެ ތެރޭގައި ހިމެނެނީ 37 މައްސަލައެއްގައި ހިމެނޭ އެކި ބްރޭންޑްތަކުގެ 62 ފުޅި ބަނގުރަލާއި 21 ދަޅު ބިޔަރު ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.
ފުލުހުން ވިދާޅުވީ އެއީ އެކި މައްސަލަތަކުގައި އެ އިދާރާގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތި ކަމަށެވެ. ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި ޢަމަލުކުރާ ގޮތުގެ ޤަވާއިދުގެ ދަށުން މިތަކެތި ނައްތާލާފައި ވަނީ އދ. މާމިގިލީގައި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ތިބަގްރާ ނައްތާލާނެހެން ހީއެއްނުވޭ ތީހުސްފޮށިތަކެއް އަންދާލަނީ ތީ ރުފިޔާވިއްޔާ ތީ މިގައުމުގައި ގަހުގައަޅާ މޭވާއެއްނޫން ވިއްޔާ ތީ ބަޔަކުމީހުން އެތެރެކުރާ އެއްޗެއްވިއްޔާ ދެއްތޯ