ޚަބަރު

މިއަދު ހިމަބިއްސަށް ޓެސްޓު ކުރި 15 މީހުން ވެސް ނެގެޓިވް

ދެން އެމްވީ ، ދެން އޮންލައިން

ހިމަބިހި ޖެހިފައިވާ އިތުރު މީހަކު އަދި ނުފެންނަ ކަމަށާއި މިއަދު ހިމަބިއްސަށް ޓެސްޓުކުރި 15 މީހުން ވެސް ބައްޔަށް ނެގެޓިވް ވެފައިވާކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

Ads by STELCO

ހެލްތު މިނިސްޓްރީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަމީން ވިދާޅުވީ ހިމަބިހި ފެތުރެމުންދާތީ އެ ބައްޔަށް ޓެސްޓު ކުރުން ވެސް އިތުރު ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މިއަދު 15 މީހަކު އެ ބައްޔަށް ޓެސްޓު ކުރި ނަމަވެސް އެއްވެސް މީހަކު ޕޮޒިޓިވް ވެފައި ނުވާ ކަމަށް އަމީން ވިދާޅުވި އެވެ.

"އިތުރު މީހަކު [ހިމަބިހި] ބައްޔަށް ޕޮޒިޓިވް ނުވޭ، ހުރިހާ އެންމެން ނެގެޓިވް. އެކަމަކު މި ނިމުނީކީ ނޫން. ޓެސްޓު ކުރެވުނު ފަރާތްތައް ވެސް އަލުން ކުރާނަން،" މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖެއިން ނައްތާލެވިފައިވާ ހިމަބިހި މިއަހަރުގެ މިހާތަނަށް ތިން މީހަކަށް ޖެހިފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވަނީ ހާމަކޮށްފައެވެ.

އެންމެ ފުރަތަމަ ހިމަބިއްސަށް ޕޮޒިޓިވް ވެފައިވަނީ އުމުރުން ތިން އަހަރުގެ ކުއްޖެކެވެ. އެޗްޕީއޭއިން ބުނީ އެކުއްޖާއަކީ ހިމަބިއްސަށް ދޭ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައި ނުވާ ކުއްޖެއް ކަމަށެވެ. އޭގެ ފަހުން 30 އަހަރުގެ ޑޮކްޓަރަކާޢި އިތުރު މީހަކު ވެސް ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!