ޚަބަރު

މާފަންނު ގެއަކުން ވައްކަން ކުރި ދެ މީހަކު ހޯދަނީ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

މާފަންނު ގެއަކުން ވައްކަން ކުރި ދެމީހަކު ހޯދުމަށް ފުލުހުން އާންމުންގެ އެހީއަށް އެދިއްޖެއެވެ.

Ads by STELCO

ފުލުހުން ވިދާޅުވީ ވީޑިއޯއިން ފެންނަ ދެ މީހުންނަކީ މާފަންނު ގެއަކުން ވައްކަން ކޮށްފައިވާ މައްސަލައަކާ ގުޅިގެން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަމުންދާ ދެ މީހުން ކަމަށެވެ.

މި ދެ މީހުންނާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި މިމައްސަލައިގެ އިންސިޑެންޓް ނަންބަރު ވިދާޅުވެ، އެމައުލޫމާތެއް ހިއްސާކުރެއްމަށް ފުލުހުން ވަނީ އެދިފައެވެ.

މިމައްސަލައިގެ އިންސިޓެންޑް ނަންބަރަކީ 476595އެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ އާންމު ރައްޔިތުންނަށް ޝުކުރު ވެސް އަދާކޮށްފައެވެ.

ފަހަކަށް އައިސް ވައްކަމުގެ މައްސަލަތައް ވަނީ ވަރަށް ބޮޑަށް އިތުރު ވެފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!