ދުނިޔެ

ކާރު ވަގަށް ނަގައިގެން ގެންދިޔައިރު، 4 އަހަރުގެ ދަރިފުޅު ކާރު ތެރޭގައި!

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

އެމެރިކާގެ ސިޓީއެއްގައި، 4 އަހަރުގެ ތުއްތު ކުއްޖެއް ކާރު ތެރޭގައި އިންދާ ކާރެއް ވަގަށް ގެންގޮސްފިއެވެ.

Ads by Sosun Fihaara

ބޭރުގެ ޚަބަރުތަކުން މައުލޫމާތު ލިބޭ ގޮތުގައި ކާރު ވަގަށް ނަގައިފައި ވަނީ ކާރު ދުއްވަން އިން އަންހެން މީހާ ކާރުގެ އިންޖީނު ނިއްވާ ނުލާ ޝޮޕިންގް މޯލަކަށް ވަތް ވަގުތުއެވެ.

އެހެންނަމަވެސް ކާރު ވަގަށް ނަގައިގެން ވަކި ހިސާބަކަށް ދެވުނު ތަނާ ވަގަށް ކާރު ތެރޭގައި އެ އަންހެން މީހާގެ 4 އަހަރުގެ އަންހެން ދަރިފުޅު އިންކަން އެނގުމުން އަނބުރާ ގޮސް ކާރު އޮތް ތަނުގައި ކާރު ބޭއްވީ ކަމުގައި ވެސް ރިޕޯޓުތަކުން މައުލޫމާތު ދެއެވެ. އަދި އެއަށް ފަހު މޯލް ތެރެއަށް ވަދެ އެ އަންހެން މީހާއާއި އޭނަގެ ދަރިފުޅު ހަވާލުކޮށް އޭނާއާ ދިމާލަށް އެއްޗެހި ކީ ކަމަށާއި، މި މައްސަލައާ ގުޅިގެން ފުލުހުންނަށް ޚަބަރު ކުރާނެ ކަމުގެ އިންޒާރު ވެސް ވަގަށް ނެގި މީހާ ވަނީ ދީފައެވެ.

އަދި އެ ދަރިފުޅު ހަވާލު ކުރުމަށް ފަހު ކާރުގައި ގެއަށް ދިއުމަށާއި ދެން ފަހަރަކުން ވެސް އެގޮތަށް ކަންތައް ނުކުރުމަށް ވެސް ކާރު ވަގަށް ނެގި މީހާ ވަނީ އެދިފައެވެ. މިކަމާ ގުޅިގެން ފުލުހުން އަންނަނީ އެ ވަގު ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އަދި މިކަމުގައި އެ އަންހެން މީހާގެ އެއްވެސް ކުށެއް ނެތް ކަމުގައި ވެސް ފުލުހުން ވަނީ ބުނެފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!