އަށް އަތޮޅަކަށް ހުދު ސަމާލު ނެރެފި
ރާއްޖެއަށް މިހާރު ކުރަމުން އަންނަ ވިއްސާރައިގައި، އަށް އަތޮޅަކަށް ހުދު ސަމާލު ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ މިއަދު ހެނދުނު 7:00 އިން މެންދުރު ފަހު 1:00 އާ ހަމައަށް، މާލެ ސަރަހައްދު ހިމެނޭހެން ނ. އަތޮޅުން ފެށިގެން ވ. އަތޮޅަށް ހުދު ސަމާލު ނެރެފައިވާ ކަމަށެވެ.
މި ސަރަހައްދުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށާއި ކަނޑުތައް ވެސް ގަދަވާނެ ކަމަށް މެޓު އޮފީހުން ވަނީ ބުނެފައެވެ.
ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ އެ ސަރަހައްދުތަކުގައި ކަނޑުދަތުރުކުރާ ފަރާތްތައް ސަމާލުވުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.
މިހާރު ކުރަމުންދާ ވިއްސާރައިގައި ބައެއް ރަށް ރަށުގައި ވަނީ ފެންބޮޑުވެފައެވެ.
Ads by Allied Insurance