ޚަބަރު

ގެސްޓު ހައުސްއަކަށް އަންހެނަކާ ބައްދަލުކުރަން ދިޔަ މީހަކު ބަރަހަނާ ކުރުމަށްފަހު ފޭރިގަނެފި

ރައުފާ ރަޝީދު ، ދެން އޮންލައިން

އަންހެނަކާ ބައްދަލުކުރަން ގެސްޓު ހައުސްއަކަށް ދިޔަ މީހަކު ބަރަހަނާ ކުރުމަށް ފަހު ފޭރިގަނެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

Ads by STELCO

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން 27 އަހަރުގެ ފިރިހެނަކާއި 39 އަހަރުގެ އަންހެނެއްގެ އިތުރުން 33 އަހަރުގެ ފިރިހެނެއް ހައްޔަރުކޮށްފައި ވާކަމަށެވެ. އަދި މި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މި ޖެނުއަރީ މަހުގެ 23 ވަނަ ދުވަހު ޖަވާހިރު ގޯޅީގައި ހުރި ގެސްޓް ހައުސްއަކަށް އަންހެނަކާ ބައްދަލުކުރުމަށް ދިޔަ މީހެއްގެ ފޯނާއި ވޮލެޓްގައިހުރި ފައިސާތައް، އެ އަންހެން މީހާއާއި އިތުރު ދެ މީހަކުވެގެން ފޭރިގަނެފައިވާ ކަމަށެވެ. އަދި އެމީހާ ބަރަހަނާކޮށް، ފޮޓޯ އާއި ވީޑިއޯ ނެގުމަށްފަހު، އެތަކެތި ބޭނުންކޮށްގެން އިތުރަށް ފައިސާ ހޯދުމަށް ބްލެކްމެއިލްކޮށް އޭނާގެ އެކައުންޓުން ފައިސާ ޓްރާންސްފަރ ވެސް ކުރުވާފައިވާ ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.

  1. ގައުމަށް އައި މިނިވަން ނޫރާނީ
    ގައުމުން މި ހަނދާތައް އާ ކުރަނީ

  2. ޟުލްހަ

    ޢަދިވެސް ޒިނޭކުރަން ދުވޭ

  3. ޢަހުމަދު

    ޙަމަ ބައްދަލު ކޮއްލަންތަ ދިޔައީ….

  4. މިއުޅ އަންހެނުންގެ ވައްތަރު ހަމަ

  5. އައިޒާ

    ބަލި ކުދިން…ބަލިގަނޑު ހިލުނީމަ ވާނެ ތިޔަ ހެންވެސް