އަރްމާން ބުނަނީ އެއްވެސް ކަމެއް “ފޭކު” ނުކުރެވޭނެ ކަމަށް

ބޮލީވުޑް ލަވަކިޔުންތެރިޔާ އަރްމާން މާލިކަށް އެއްވެސް އިހުސާސެއް އޮޅުވާލައި ފޭކު ކޮށްގެން ނޫޅެވޭނެ ކަމަށް ބުނުމުން ފޭނުންގެ ތައުރީފް އޭނާއަށް އޮހެން ފަށައިފިއެވެ.
މީސް މީޑިއާގައި އަބަދުވެސް ފޭނުންނާ ގާތްކަމެއް ބާއްވަމުން އަންނަ އަރްމާން މިހެން ބުނެފައި ވަނީ އޭނާގެ ކުރި ޓްވީޓެއްގައެވެ.
އަރްމާން ބުނީ އެއްވެސް ކަމެއް އޭނާއަށް އޮޅުވާލައިގެން ނޫޅެވޭނެ ކަމަށާއި އޭނާގެ އިހުސާސްތަކާއި ފިކުރުތަކަކީ ވެސް އޭގައި އެއްވެސް އޮޅުވާލުމެއް ނުވާ އަސްލު ކަންކަން ކަމަށެވެ.
އަރްމާންގެ މި ޓްވީޓާއެކު އޭނާގެ ފޭނުން ބުނެފައި ވަނީ އޭނާއަށް ސަޕޯޓު ކުރަނީ މިފަދަ ހިތްތިރި ކަންތައްތަކުގެ ސަބަބުން ކަމަށް ބުނެފައެވެ.
އަރްމާން މަލިކް ވަނީ މިހާތަނަށް 200 އެއްހާ ލަވަ ކިޔައިފައެވެ. އޭގެ ތެރޭގައި މަޝްހޫރު ފިލްމުތަކަށް ކިޔައި ދީފައިވާ ލަވަތައް ވެސް ހިމެނެއެވެ. މިހާތަނަށް 16 ފިލްމަކަށް އަރްމާން ވަނީ ލަވަ ކިޔައިފައެވެ.