ޚަބަރު

ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

ރައުފާ ރަޝީދު ، ދެން އޮންލައިން

ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަ ކުރާނެ ކަމަށް މޫސުމާ ބެހޭ އިދާރާ (މެޓް) އިން ބުނެފި އެވެ.

Ads by STELCO

މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓުން ވިދާޅުވީ  ވަނީ 14:00 އިން 20:00 އަށް ށ. އަތޮޅުން ދ. އަތޮޅަށް ހުދު އެލާޓް ނެރެފައެވެ. އަދި އެ އަތޮޅުތަކަށް 6 ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ވެސް މެޓްއިން މައުލޫމާތު ދެއެވެ

އަދި ށ. އަތޮޅާ ދ. އަތޮޅުގެ ރަށްތަކަށް ކަނޑު ގަދަވާނެ ކަމަށް ލަފާ ކުރެވެނޭ ކަމަށް ވެސް މެޓްއިން ވަނީ ބުނެފައެވެ. އަދި މިއަދު ހެނދުނު 10:00 އިން މާދަމާ ހެނދުނު  10:00އަށް މެދުރާއްޖެތެރެއާއި ދެކުނުގެ އެކިހިސާބަށް ވިއްސާރަކޮށް ގުގުރުން އެކަށީގެންވާ ކަމަށާއި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާ ކުރެވޭ ކަމަށާއި އުތުރުގެ އަތޮޅުތަކަށް ކެރީގެ އަސަރުފޯރާ ގުގުރުން އެކަށީގެން ވާ ކަމަށް ވެސް މެޓުން ބުނެއެވެ.

އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް އިރުއުތުރާއި އިރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި، ދެކުނުގެ އަތޮޅު ތަކުގައި އުތުރާއި އިރުއުތުރުން ގަޑިއަކު 5 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 30 މޭލަށް ވައި ގަދަވުން އެކަށީގެން ވާކަމަށެވެ. 

މެޓުން ބުނެފައި ވަނީ މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކުގެ ކަނޑުތައް އާންމުގޮތެއްގައި ގަދަ ވާނެ ކަމަށާއި ދެކުނުގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވެފަ ވިލާގަނޑުގައި ކަނޑުތައް ގަދަ ވާނެ ކަމަށެވެ. މެޓް އޮފީހުން ވަނީ ދިޔަވަރު ބޮޑުވާ ގަޑިތަކުގައި މެދު ރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް އުދައިގެ އަސަރު ކުރުުން އެކަށީގެން ވާ ކަމަށް ލަފާކޮށް އުތުރާއި މެދުރާއްޖެތެރޭގައި ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވެލެއްވުމަށް ދަންނަވާފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!