މެއި،ޖޫންގައި އޭ ލެވެލް އިމްތިޙާން ރާއްޖޭގައި ނުބާއްވާ ގޮތަށް ނިންމައިފި

މި އަހަރު މެއި/ޖޫންގައި ބާއްވަން ހަމަޖެހިފައި އޮތް އޭލެވެލް އިމްތިހާނު ނުބާއްވާނެ ކަން އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފިއެވެ.
އެކަން ހާމަކޮށް އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރ އިހުސާން އޮންލައިން ނޫހެއް ކަމަށްވާ "ވަގުތު"އަށް ވިދާޅުވަނީ މިއަހަރު މޭ،ޖޫންގައި އޭލެވެލް ނުބާއްވާނެ ކަން އެޑެކްސެލް އިން އަންގާފައިވާ ކަަމަށެވެ.
"ރާއްޖޭގައި މިހާރު އޭލެވެލް އެގްޒާމް މިހާރު ޝެޑިއުލްކޮށްފައި އޮތް ގޮތަށް ނުބާއްވާނެ". އިހުސާން އެނޫހަށް ވިދާޅުވިއެވެ.
އެނޫޙުން އިހްސާންއާ ހަވާލާދީ ބުނެފައިވަނީ، އެގްޒާމް ކުރިޔަށް ނުގެންދިޔަސް، އެސެސެމެންޓް ކުރިއަށްދާނެ ކަމަށާއި، އެސެސްމެންޓް ބާއްވާނެ ގޮތެއް ހާމަކުރައްވާނެ ކަމަށެވެ.
މިކަމާ ގުޅޭ ގޮތުން އިތުރު މަޢުލޫމާތު ހޯދަން "ދެން" އިން މިނިސްޓްރީ އަށް ގުޅުމުން ވިދާޅުވީ، އިތުރު މަޢުލޫމާތާއެކު ބަޔާނެއް ނެރުއްވާނެ ކަމަށެވެ.