ޖެކްލިން މިހާރު އުޅެނީ ޕްރިޔަންކާގެ ގޭގައި

ބޮލީވުޑުތަރި ޖެކުލިން ފަރނެންޑޭޒް މިހާރު ދިރިއުޅެނީ ޕްރިޔަންކާ ޗޯޕްރާ ގެ ގޭގައި ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
މުމްބާއީ ގައި ހުންނަ މި ގޭގެ އަގު 7 ކަރޯރު އިންޑިއާ ރުޕީސް އަށް އަރައެވެ. ޕްރިޔަންކާ ނިކް ޖޯނަސް އާ ކައިވެނި ކޮށްގެން އެމެރިކާއަށް ބަދަލުވުމާ ހަމައަށް ވެސް ޕްރިޔަންކާ ދިރިއުޅުނީ މި ގޭގައެވެ.
މީގެ ކުރިން ޖެކްލިން އުޅެފައި ވަނީ ބަންދްރާގައި ކުއްޔަށެވެ. ޖެކްލިން މިގެއަށް ބަދަލުވެފައި ވަނީ ފާއިތުވި ހަފްތާގެ ތެރޭގައި ކަމަށް ރިޕޯޓުތައް ބުނެއެވެ.
ޖެކްލިން މިހާރު މަސައްކަތް ކުރަމުން އަންނަނީ ރަންވީރު ކަޕޫރާއެކު ފެނިގެންދާ ފިލްމު ސާކަސް އިންނެވެ.