ރިޕޯޓް

އެތައް މުސްލިމުންނަށް ހިތާމަވެރި އަހަރެއް: ޙައްޖުގެ އަޅުކަން އަދާ ކުރުމަށް ކުރި އުންމީދު ހާސިލް ނުވާނެ!

ދެން އެމްވީ ، ދެން އޮންލައިން

މިހާރު ދުނިޔޭގެ އެކި ހިސާބުތަކުގައި ހަލުވިކަމާއިއެކު ފެތުރެމުން އަންނަ ނުރައްކާތެރި ކޯވިޑް 19 ވައިރަހުގެ ސަބަބުން މިއަހަރުގެ ހައްޖު އަޅުކަން ހަމައެކަނި އަދާ ކުރެވޭނީ، ސަޢުދީގައި ދިރިއުޅޭ ފަރާތްތަކަށް ކަމަށް ސަޢުދީގެ ސަރުކާރުން ދެންމެ ވަނީ ހާމަކޮށްފައެވެ. ކޮންމެ އަހަރަކު ދުނިޔޭގެ އެކި އެކި ކަންކޮޅުތަކުން، މަތިވެރިވެގެންވާ ގެފުޅަށް ގޮސް، ހައްޖުވުމުގެ ފުރުސަތު ނުލިބުން ވެގެންދާނީ މުސްލިމުންގެ ހިތްތައް ހިތާމައިން ރޮއްވާލާނެ ކަމަކަށެވެ.

Ads by Sosun Fihaara

ސައުދީ އަރަބިއާގެ ޙައްޖު އެންޑް އެމްރާ މިނިސްޓްރީން ނެރުނު މިބަޔާނާއެކު، ތާރީހުގައި ، ހައްޖުގެ އަޅުކަން މެދުކަނޑާލީ ކިތައް ފަހަރުކަން ބަލައިލުމުގެ ޝައުގުވެރިކަން އުފެދޭނެއެވެ.

އިސްލާމީ ތާރީހުގައި ވެސް މަތިވެރިވެގެންވާ ގެފުޅަށް ގޮސް ހައްޖުވުން މެދު ކަނޑާލާފައިވަނީ 40 އަހަރުއެވެ. ނަމަވެސް ހަމައެކަނި ސަޢުދީގައި ދިރިއުޅޭ ފަރާތްތަކަށް ޙައްޖުވުމުގެ ފުުރުސަތުދިން މިއީ ފުރަތަމަ ފަހަރެވެ. ތާރީހުގައި ހިނގާދިޔަ ބޮޑެތި ކަންތައްތަކުގެ ސަބަބުން ހައްޖު ފުރިހަމަ ނުކުރެވުނު ބައެއް ހާދިސާތަކަށް އަވަސް ކަޅިއެއް ހިންގާލަމާ ހިންގަވާށެވެ.

މީގެ 14 ޤަރުނުގެ ކުރިން ކީރިތި ރަސޫލާ ހައްޖަތުލްވަދާއުގައި ޚުތުބާ ދެއްވި ޖަބަލުއްރަޙްމާގައި މީލާދީން 865 ވަނަ އަހަރު ހިނގާދިޔަ ގަތުލްއާއްމުގެ ސަބަބުން ގިނަ ހައްޖުވެރިން ގަތުލް ވުމާއި ގުޅިގެން އެއަހަރުގެ ހައްޖު ވަނީ ފުރިހަމަ ނުކޮށް މެދުކަނޑާލާފައެވެ. އެ ގަތުލްއާއްމު ހިނގާދިޔައީ، ބަޤުދާދުގައި ޤާއިމްވެ އޮތް އައްބާސީ ޚިލާފަތުގެ ލަޝްކަރާއި އިސްމާއިލް ބިން ޔޫސުފްގެ ލަޝްކަރާއިދެމެދު ގައެވެ.

318 ވަނަ އަހަރުގެ ޙައްޖު މޫސުމުގައި ޤަރްމާތީ ހަނގުރާމަވެރިން ހައްޖުމަހުގެ 9 ވަނަ ދުވަހު މައްކާއަށް އަރައި، 30000 ހައްޖުވެރިން ގަތުލުކުރުމާއި ގުޅިގެން އެ އަހަރުގެ ހައްޖުވެސް ވަނީ ކެންސަލުކޮށްފައެވެ. ޤަރްމާތީ ހަނގުރާމަ ވެރިން ވަނީ އެ ހަމަލާ 11 ދުވަސްވަންދެން ކުރިއަށް ގެންގޮސްފައެވެ. ބައެއް ތާރީހީ ފޮތްތަކުގައި ލިޔެވިފައިވާގޮތުގައި، ޙައްޖުވެރިން ޤަތުލުކޮށް އެމީހުންގެ ހަށިތައް ޒަމްޒަމް ވަޅަށް އަޅަމުން ގެންދިޔައެވެ.

އައްބާސީންއާއި ފާޠިމީންގެ ސިޔާސީ ކޯޅުމުގެ ސަބަބުން މީލާދީން 983 ވަަނަ އަހަރުގެ ހައްޖުގެ އަޅުކަން ވަނީ މެދުކަނޑާލާފައެވެ. އެ ކޯޅުންތަކުގެ ސަބަބުން 8 އަހަރުވަންދެން ވަނީ ހައްޖުގެ އަަޅުކަން ވަނީ މެދުކެނޑިފައެވެ.

މީލާދީން 1831 ވަނަ އަހަރު ފެތުރެން ފެށި ނުރައްކާތެެރި ބައްޔެއް ކަމަށްވާ ކޮލެރާގެ ސަބަބުން އެ އަހަރުގެ ހައްޖުވަނީ މެދުކަނޑާލާފައެވެ.އަދި މީލާދީން 1837 ވަނަ އަހަރު މައްކާގައި ފެތުރެންފެށި ބަލިމަޑުކަމާއި ގުޅިގެން 1840 ވަނަ އަހަރާއި ހަމައަށް ޙައްޖުގެ އަޅުކަން ވަނީ މެދުކަނޑާލާފައެވެ.

މިއަހަރުގެ ޙައްޖުގެ އަޅުކަން ހަމައެކަނި ސައުދީގައި ދިރިއުޅޭ ރައްޔިތުންނަށް އެކަނި ކުރެވޭ ގޮތަށް ނިންމުމުގެ ކުރިން ވެސް ބައެއް ޤައުމުތަކުންވަނީ، ކޮވިޑް-19 އާއި ގުޅިގެން މިއަހަރު އެޤައުމުތަކުގެ މީހުން ޙައްޖަށް ދިޔުން މަނާކޮށްފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!