މިސްކިތުގައި ހުންނަ ހަތިމް ބޭނުން ނުކުރެވޭ ގޮތަށާއި ނަމާދުކޮށް ނިމުމަށްފަހު މިސްކިތުގައި ނުހުރެވޭގޮތަށް އުސޫލެއް ގާއިމްކޮށްފި
އިސްލާމިކް މިނިސްޓްރީން ކޮވިޑްގެ ބަލިމަޑުކަމުގެ މި ހާލަތުގައި މިސްކިތަށްދާ މީހުން އަމަލުކުރަން ޖެހޭ އުސޫލެއް އެކުލަވާލައިފިއެވެ.
ކޮވިޑް-19އާ ގުޅިގެން އިސްލާމިކް މިނިސްޓްރީއިން އާންމުކޮށްފައިވާ އުސޫލާ އެއްގޮތަށް އަމަލުކުރުމަށް އެ މިނިސްޓްރީއިން ވަނީ އިލްތިމާސް ކޮށްފައެވެ. އެގޮތުން މިސްކިތަށްދާއިރު ގެއިން ވުޟޫ ކޮށްގެން ދިއުމާއި ނަމާދު ކުރަން މުސައްލައެއް ގެންދިއުމަށް އަދި އެ މީހުންގެ މުސައްލާގައި ނޫނީ ނަމާދު ނުކުރުމަށާއި ނަމާދުކޮށް ނިމުމަށްފަހު މިސްކިތުގައި މަޑު ނުކުރުމަށް އެ އުސޫލުގައި ވެއެވެ.
އަދި މިސްކިތަށް ވަޑައިގަންނަވާއިރު މާސްކު އެޅުމާއި މިސްކިތަށް ވަނުމާއި ނުކުތުމުގައި ގައިދުރުކަން އިސް ކުރުމަށް މިނިސްޓްރީ އިން ވަނީ އެދިފައެވެ. އަދި މިސްކިތުގެ އެކި ތަންތަނުގައި ތިބުމުގެ ބަދަލުގައި މިސްކިތަށް ވަންނަ ގޮތަށް ފުރަތަމަ ސަފުން ފެށިގެން ފުރަމުން ގެންދިޔުމަށް ވެސް އުސޫލުގައި ފާހަގަ ކޮށްފައި ވެއެވެ. މީގެ އިތުރުން ފުއްޕާމޭގެ ބަލިތައް ހުންނަ މީހުންނާއި ރޯގާޖެހި ހުން އައިސްފައިވާ މީހުން އަދި ބަލީގެ އެއްވެސް އަލާމާތެއް ހުރިނަމަ މިސްކިތަށް ނުދިނުމަށް ވެސް އެ މިނިސްޓްރީން އެދިފައިވެއެވެ.
ކޮވިޑް-19 ބަލި މަޑުކަމަކީ ފަސޭހައިން ގައިން ގަޔަށް އަރާ ބައްޔެއް ކަމުން މިސްކިތުގައި އަދި މިސްކިތުން ބޭރުގައި ވެސް އަތާ އަތް ޖޯޑު ނުކޮށް ސަލާމް ކުރުމާއި މިސްކިތުގައި ބެހެއްޓިފައި ހުންނަ ޚަތިމްތައް ބޭނުން ނުކުރުމަށް ވެސް މިނިސްޓްރީން ބާރު އަޅައެވެ.
މިފަދައިން އަމަލު ކުރުމަށާއި މާތްﷲއާ މެދު މުސްލިމު އަޅާ އޮންނަންޖެހޭ ޔަގީންކަމާއި އުންމީދު ނަގާނުލައި ބަލިމަޑުކަމުން އަރައިގަތުމަށް ސަބަބުތަކުގައި ހިފުމާއެކު ދުއާކޮށް އިސްތިޣްފާރު ކުރުން ގިނަ ކުރުމަށް އެ މިނިސްޓްރީން އެދިފައިވެއެވެ.
މިރާޖޭގައުޅެނީ މުސްލިމުން ނޭކިޔާފަ މުސްލިމުން ނަހުތުއަރުވަން އުޅޭ ބައެތް މިބަލިމީ މިސްކިތުން އާރާއެށް ޗެއްތަ