ފުލުހުންގެ އަގު ވައްޓޭ ގޮތަށް ވާހަކަ ދެއްކުމަކީ އިސްލާހީ މަސައްކަތެއް ނޫން: ރައީސް
ފުލުހުންގެ މުޅި މުއަސަސާގެ އަގު ވައްޓޭ ގޮތަށް ވާހަކަ ދެއްކުމަކީ އެ މުއަސަސާ އިސްލާހު ކުރުމަށް ކުރެވޭ މަސައްކަތެއް ނޫން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ވިދާޅުވީ ސިފައިންނާއި ފުލުހުންނަކީ ގައުމުގެ ސަލާމަތަށް ވަރަށް މުހިންމު ބައެއް ކަމަށާއި އެ މީހުން ކުރަމުން އެ ގެންދަނީ އަގު ނުކުރެވޭ ވަރުގެ ހިދުމަތެއް ކަމަށެވެ.
އަދި ކޮންމެ ތަނެއްގައި ވެސް އިސްލާހުކުރަން ޖެހޭ ކަންތައް ތައް ހުންނާނެ ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ވަކި ބަޔަކު ކުރި ކަމެއްގެ ސަބަބަން މުޅި މުއައްސަސާގެ އަގު ވެއްޓޭ ގޮތަށް ވާހަކަ ދެއްކުމަކީ އެތަންތަން އިސްލާހު ކުރުމަށް ކުރެވޭ މަސައްކަތެއް ކަމަކަށް ދެކެވަޑައިނުގަންނަވާކަމަށެވެ.
ރައީސް މިހެން ވިދާޅުވެފައި މިވަނީ ފުލުހުންގެ މުއައްސަސާއަށް ވެރިކަންކުރާ އެމްޑީޕީގެ ބޮޑެތި ފާޑުކިޔުންތައް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.