ލައިފްސްޓައިލް

މިއޮތީ މޫނުގައި ހުންނަ ލަކުނުތައް ފިލުވާލާނެ ގޮތް

ދެން އެމްވީ ، ދެން އޮންލައިން

މޫނުގައި ލަކުނު ހުރުމަކީ މޫނަށް ގެނެސްދޭ އައިބުކަމެއްގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރެއެވެ. ނަމަވެސް މޫނުގައި ނަގާ ބިހީގެ ސަބަބުން މޫނުގައި ލާ ލަކުނުތަކަކީ ފިލުވާލުމަކީ ވެސް ވަރަށް އުނދަގޫ ކަމެއްގެ ގޮތުގައި އޮންނަނީ ވެފައެވެ.

Ads by STELCO

މިފަދަ ލަކުނުތައް ފިލުވާލުމަށް ބައެއް މީހުން އަގުބޮޑެތި ކެމިކަލް ޕްރޮޑަކްޓްސް ވެސް ބޭނުން ކޮށް އުޅެއެވެ. އެފަދަ އުފެއްދުންތަކުން މޫނަށް ވަގުތީ ރީތިކަމެއް ލިބިގެން ދިޔަ ނަމަވެސް ހަންގަނޑަށް އިއާދަ ނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތައް ވެސް ކުރުވައެވެ. އެގޮތުން ބައެއް ކެމިކަލް އުފެއްދުން ތަކަކީ އޭގެ ސަބަބުން ހަމުގެ ނުރައްކާތެރި ބަލިތަކާއި ހަމަށް ޖެހޭ ކެންސަރު ފަދަ ބަލިތައް ޖެހުމަށް މަގުފަހި ކުރުވާ އެއްޗެއްސެވެ.

އެހެންކަމުން މޫނުގައި ހުންނަ ލަކުނު ތައް ފިލުވާލުމަށްޓަކައި ގުރުރަތި އެއްޗެހި ބޭނުން ކުރުމަކީ އެންމެ އެދެވިގެންވާ ގޮތެވެ. އެގޮތުން މި ހިމަނާލަނީ ލަކުނު ފިލުވުމަށް ގޭގައި، ގުދުރަތީ ބާވަތްތައް ބޭނުންކޮށްގެން ކުރެވިދާނެ ބައެއް ކަންތައްތަކެވެ.

1. އެލޯވެރާ

އަލޯވެރާއަކީ ހަންގަނޑަށް ފަރުވާ ކުރުމަށް ހަމަ އެއްވަނައެވެ. އެއީ މޫނުން ނަގާ ބިހިތަކުގައި ހުންނަ ބެކްޓީރިއާތައް ނައްތާލުމުގެ ކުޅަދާނަކަން ލިބިގެންވާ އެއްޗެކެެވެ. ހަމައެއާއެކު، ހަންގަނޑުގެ ކޮލިޓީ ރަނގަޅުކޮށްދީ ހަންގަނޑު އޮމާން ކޮށްދިނުމަށްވެސް އަލޯވެރާ އެހީތެރިވެދެއެވެ.

  • އެގޮތުން ކޮންމެ ދުވަހަކުވެސް، ތާޒާ އަލޯވެރާ ޖެލް ކޮޅަކުން މޫނުގައި އުފެދިފައި ހުންނަ ލަކުނުތަކުގައި ކުލޮކު ވައިސްކޮށް މަސާޖު ކުރާށެވެ. 15 ވަރަކަށް މިނެޓުވަންދެން އެފަދައިން މަސާޖު ކުރުމަށްފަހު އެއްގަޑިއިރުވަންދެން ބަހައްޓާށެވެ. ގަޑިއެއްހާއިރު ވުމުން ފިނިފެން ފޮދަކުން މޫނު ދޮވެލާށެވެ.
  • ބޭނުމިއްޔާ އަލޯވެރާއަށް ކުޑަ މާމުއިކޮޅެއް އެއްކޮށްލައިގެންވެސް އެފަދައިން ކަންތައް ކުރެވިދާނެއެވެ. ކޮންމެ ދުވަހަކު މޫނުގައި މި މާސްކު އުނުގުޅައިފިނަމަ ޔަގީނުން ވެސް ތަފާތު ފެންނާނެއެވެ.

2. ކާށި ތެޔޮ

ކާށިތެލަކީވެސް މޫނުން ނަގާފައި ހުންނަ ބިހިތަކާއިއެ ބިހިތަކުގެ ލަކުނު ފިލުވުމަށް އެހީތެރިވެދޭ އެއްޗެކެވެ. ހަމައެހެންމެ ގޭގައި ފަސޭހަކަމާއެކު ލިބެން ހުންނަ އެއްޗެއްވެސް މެއެވެ.

  • ބިހި ލަކުނުތަކުގައި ކާށި ތެޔޮ ހާކާލައި ކުޑަ އިރުކޮޅެއް ވަންދެން ރަނގަޅަށް މަސާޖު ކުރާށެވެ. މިކަން ކުރަން އެންމެ ރަނގަޅީ ރޭގަނޑު ނިދަން އޮށޯތުމުގެ ކުރިންނެވެ. ނިދަން އޮށޯތުމުގެ ކުރިން މި ޓްރީޓުމަންޓު ނަގާ ނަމަ މޫނު ދޮންނާނީ އަނެއް ދުވަހު ހެނދުނު ހޭލައިގެންނެވެ.

3. ލުނބޯ

ލުނބޮއަކީ، މޫނުގެ ކުލަ އަލިކޮށްދީ މޫނު ތާޒާ ކޮށްދޭ އެއްޗެކެވެ. ހަމައެއާއެކު، ލުނބޯގައި ގިނަ އަދަދަކަށް އެކުލެވޭ ވިޓަމިން ސީއާއި އެންޓި ބެކްޓީރިއަލް ޕްރޮޕަޓީތަކަކީ މޫނުގައި އުފެދޭ ބިހި ލަކުނު ފިލުވާލުމަށް އެހީތެރިވެދޭ އެއްޗެކެވެ.

އެގޮތުން، މޫނުގައި ހުންނަ ބިހި ލަކުނު ފިލުވުމަށް ލުނބޯ ދެ ގޮތަކަށް ބޭނުން ކުރެވިދާނެއެވެ.

  • ރޭގަނޑު ނިދަން އޮށޯތުމުގެ ކުރިން މޫނުގައި ހުންނަ ލަކުނުތަކުގައި ލުނބޯހުތް ހާކާށެވެ. އެއަށްފަހު ނިދަން އޮށޯންނާށެވެ. ދެން ހެނދުނު ވުމުން މޫނު ރަނގަޅަށް ދޮވެލާށެވެ. މި ފަރުވާ އާދަކޮށް ކޮންމެ ދުވަހަކުވެސް ތަކުރާރު ކުރާށެވެ.
  • އެއް ސައި ސަމުސާ ލުނބޯ ހުތް، އެއްވެސް ކެމިކަލެއް އެއްކޮށްފައިނުވާ ކުޑަކުޑަ މާމުއިކޮޅަކާ އެއްކޮށްލާށެވެ. އެއަށްފަހު މޫނުގައި އުފެދިފައި ހުރި ލަކުނުތަކުގައި ހޭކުމަށްފަހު ފަސް ވަރަކަށް މިނެޓު ވަންދެން މަސާޖުކޮށްލާށެވެ. ދެން ދޮވެލާށެވެ.

4. އަލުވި

އަލުތްވަކީވެސް މޫނުން ނަގާ ބިއްސާއި އޭގެ ލަކުނުތައް ފިލުވާލަދޭން އެހީތެރިވެދޭ އެއްޗެކެވެ. ހަމައެހެންމެ މޫނުގެ ކުލަ އަލިކުރުމަށް ވެސް އަލުވި އެހީތެރިވެ ދެއެވެ.

  • އަލުވި އެއް ދޮވެ ސާފު ކުރުމަށްފަހު ގާނާލާށެވެ. އަދި ސާފު ފޮތިކޮޅަކުން އޭގެ ދިޔަ ފެލާލާ އެ ދިޔަ މޫނުގައި ހާކާލާށެވެ. ދެ ގަޑިއިރުވަންދެން މަޑުކޮށްލާށެވެ. އެއަށްފަހު ދޮވެލާށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!