ޚަބަރު

މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ރައީސް ގޮތެއް ނުނިންމަވާ: މަބްރޫކް

ރައުފާ ރަޝީދު ، ދެން އޮންލައިން

މަލީހު ޖަމާލްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިޔަސް، އެކަމާ މެދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި ގޮތެއް ނުނިންމަވާ ކަމަށް އެ އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް މިއަދު ވިދާޅުވެއްޖެ އެވެ.

Ads by MWSC

މަބްރޫކް މިހެން ވިދާޅުވެފައި ވަނީ މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މަބްރޫކް ވިދާޅުވީ ކޮމިއުނިކޭޝަން މިނިސްޓްރީގައި ހުރި މައްސަލަތަކެއް ފެންމަތިވެފައި އޮންނަތާ ދުވަސްތަކެއް ވެއްޖެ ކަމަށެވެ.

ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މަލީހު ޖަމާލްގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ މިއަދު އެވެ. މަލީހުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހަޅަނީ އަދާ ކުރައްވަން ޖެހިވަޑައިގަންނަވާ ޒިންމާއެއްގައި ފަރުވާ ކުޑަ ކުރައްވައިގެން ނޫން ކަމަށް މަލީހު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

މަލީހާ ގުޅޭގޮތުން އެމްޑީޕީގެ މެމްބަރުންގެ ނުރުހުން އެންމެ ބޮޑަށް އަމާޒު ވަނީ އިންޓަނެޓުގެ އަގާއި ސްޕީޑަށް ހެޔޮ ބަދަލެއް ނާންނާތީ އެވެ. އެހެން ނަމަވެސް އިންޓަނެޓް ސްޕީޑުގެ މައްސަލަ ހައްލުކުރަން އިތުރަށް މަސައްކަތް ކުރެވޭ ކަމަށް މަބްރޫކު ވިދާޅުވި އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!