ހުޅުމާލޭ ޑިޓެންޝަން ސެންޓަރުން މީހަކު ފިލައިފި

ހުޅުމާލޭ ޑިޓެންޝަން ސެންޓަރުން ބަންގްލަދޭޝް މީހަކު ފިލައިފިއެވެ.
އޭނާ ފިލާފައި ވަނީ މިރޭ 07:27 ހާއިރު ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
އިމިގްރޭޝަނުން ބުނީ އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުންނާ ގުޅިގެން ކުރަމުން ގެންދާ ކަމަށެވެ.
އެމީހާ އާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ އިމިގްރޭޝްގެ ނަންބަރު 9886125 ރިޕޯޓުކޮށް ދިނުމަށް އިމިގްރޭޝަނުން ވަނީ އެދިފައެވެ.
އިމިގްރޭޝަނުން ބުނީ އިމިގްރޭޝަން ގާނޫނާ ހިލާފު ވެގެން ރާއްޖެއިން ފުރުވާލެވެންދެން ހުޅުމާލޭ ޑިޓެންޝަން ސެންޓަރުގައި ބަހައްޓާފައި ހުއްޓާ ފިލާފައި ވަނީ ބަންގްލަދޭޝް އަށް ނިސްބަތްވާ އަސަނާ (32) ކިޔާ މީހެއް ކަމަށެވެ.